ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރުން މެދުކަނޑާލައިފި

ހިޔާ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލު ކުރުން މެދުކަނޑާލައިފި އެވެ.

އެޗްޑީސީން ބުނީ ތަޅުދަނޑި ހަވާލުކުރުން މެދުކަނޑާލީ އެޗްޑީސީގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެގޮތުން ފްލެޓް އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު 10:00 އިން ފެށިގެން ތާވަލު ކުރެވިފައިވާ ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއި ކުރުން ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

“ފްލެޓް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް އަލުން ފަށާނެ ތާރީޚެއް، ހެލްތު ޕޮރެޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ މަޝްވަރާ ކުރުމަށްފަހު އިއުލާނު ކުރާނަން.” އެޗްޑީސީން ބުންޏެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެކު އެޗްޑީސީން އެއްބަސް ވުމުުގައި ސޮއިކުރަން ފަށާފައިވަނީ ހުސްވި ޖުލައި މަހުގެ 17 ވަނަ ދުވަހު އެވެ. އަދި އީދު ބަންދަށް މެދުކަނޑާލުމަށްފަހު، އަލުން ސޮއިކުރަން ފަށާފައިވަނީ، ޖުލައި 15 އިން ފެށިގެން ނެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފޭސްގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުން 6,720 ފަރާތަކަށް ފްލެޓްދޭން ވަނީ ނިންމާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.