މެންޗެސްޓަރގެ ސަޕޯޓަރުންގެ އުންމީދާ އެއްގޮތަށް ރޮނާލްޑޯގެ އެނބުރި އައުން ކާމިޔާބު ކޮށްފި
ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ދެ ވަނަ ފަހަރަށް އައިސް ރޭ ކުޅުނު މެޗުގައި ނިއުކާސަލް ޔުނައިޓެޑް ކޮޅަށް ދެ ލަނޑު ޖަހައި ސަޕޯޓަރުންގެ ހެއްވާލައިފިއެވެ.
ރޭ ނިއުކާސަލް އާ އެކު ކުޅުނު މެޗުގައި ރަނގަޅު ކުޅުމެއް ދައްކައި ރޮނާލްޑޮވަނީ 2 ލަނޑުޖަހާފައެވެ.
ބާރަ އަހަރަށްފަހު މެންޗެސްޓަރ އަށް އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުންވެސް ތަފާތު ދައްކައި، އެ ޓީމު މޮޅުކޮށްދިނުމުގައި ބޮޑުހިއްސާއެއް ރޮނާލްޑޮ އަދާކުރިއެވެ. ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ރޭ ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ހޯމް ޓީމް ކުރި ހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން މެނޗެސްޓަރ ޔުނައިޓެޑް ވަނީ އެއްވަނައަށް އަރައިފައެވެ.