![jada](/wp-content/uploads/jada-780x470.jpg)
އިސްލާމީ ޔުނިވަރސިޓީ އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް ހިންގި މަސައްކަތު ބައްދަލުވުން ނިމިއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ މުވައްޒަފުންނަށް ހިންގި،އޮފީސް ދިވެހި މަސައްކަތު ބައްދަލުވުން ޕްރޮގްރާމް ނިމިއްޖެ އެވެ.
މި ޕްރޮގްރާމް ފުރިހަމަ ކުރި ބައިވެރިންނަށް ހަނދާނީ ސަނަދު ވަނީ ދެއްވާފައެވެ. ހަނދާނީ ސަނަދު ބައިވެރިންނާއި ހަވާލުކޮށްދެއްވެވީ ޔުނިވަރސިޓީގެ ޑެޕިޔުޓީ ވައިސް ޗާންސެލަރ (އެކަޑެމިކް އެފެއަރޒް) ޑރ. ސައުދުﷲ ޢަލީ އެވެ. މި ޕްރޮގްރާމް ކިޔަވައިދެއްވެވީ ޔުނިވަރސިޓީގެ ލެކްޗަރަރ އަލްއުސްތާޛް އާދަމް ނަޞީރް އިބްރާހީމްއެވެ.