![Moosun 1](/wp-content/uploads/2016/10/Moosun-1-780x470.png)
ކަނޑު ދަތުރުފަތުރު ކުރާފަރާތަކަށް ސަމާލުވާ އިލްތިމާޒް ކޮށްފި
މޫސުމާބެހޭ ޤައުމީ އިދާރާއިން ކުރިއަށްއޮތް ތިން ދުވަހު ވިއްސާރަވެ، ވަޔާއި ކަނޑުގަދަވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމް އާރު ސީ ސީ އިން އިލްތިމާޒު ކޮށްފި އެވެ.
އެގޮތުން ކަނޑު ދަތުރު ކުރައްވާ އުނޅަދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް ދަތުރުާ ބެހޭ މަޢުލޫމާތު އެންގުމަށާއި އަދި އުޅަނދުފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަ ހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ބަލައި، ޚާއްޞަކޮށް ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ، ކުދި އަނގަމަތި އުޅަނދު ފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ކޯސްޓްގާޑުން އިލްތިމާޒްކުރެ އެވެ.
މީގެ އިތުރުން މުދާމުދާ އުފުލާ އުޅަނދުފަހަރުން މުދާ ބަރު ކުރުމުގައި ޤަވާޢިދުތަކަށް ޢަމަލު ކުރުމަށާއި، ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށްވެސް އިލްތިމާޒަކުރެ އެވެ. އަދި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ރަނގަޅަށް ބެލެހެއްޓުމަށާއި ދިޔަ ހިއްކުންމަށް ސަމާލުކަން ދިނުމަށްވެސް އެމް އާރު ސީ ސީ އިން އިލްތިމާޒުކުރެ އެވެ.