ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަސައްކަތް ކުރިއަށް
ނ. ވެލިދޫ ދޯނި އެހެލާ ސަރަހައްދު ހެދުމުގެ މަޝްރޫޢުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް 24 އެޕްރީލް 2022 ގައި ފަށާފައިވާ ކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ ބުނެފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ބުނެފައި ވަނީ، ނ. ވެލިދޫގައި އެކުންފުނިން ކުރިއަށް ގެންދާ މި މަޝްރޫޢުގައި 3.48 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 255 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެކުންފުންޏާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 18.25 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.