ދުނިޔޭގެ އެންމެ މުސްކުޅި މީހާ މަރުވެއްޖެ

ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ގޮތުގައި ދުނިޔޭގެ ރެކޯޑު ފޮތަށް އަރާފައިވާ ޖަޕާނުގެ ކާނޭ ޓަނަކާ މަރުވެއްޖެއެވެ. އޭނާ މަރުވިއިރު އުމުރަކީ 119 އަހަރެވެ.

ޖަޕާންގެ ރަސްމީ ނޫހުން ބުނެފައިވާ ގޮތުގައި، ޓަނާކާ މަރުވެފައި ވަނީ އެޕްރިލް 19 ވަނަދުވަހު ޖަޕާންގެ ފުކުއޯކާ ސިޓީގެ ހޮސްޕިޓަލެއްގައެވެ. އޭނާ މަރުވެފައި ވަނީ މުސްކުޅި ބަލީގައި ކަމަށް ވެސް އެނޫހުގައި ބުނެފައިވެއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ޓަނާކާ އުފަންވެފައި ވަނީ 2 ޖެނުއަރީ 1903 ގައި ފުކުއޯކާގައެވެ. އެއަހަރަކީ މަތިންދާބޯޓު އީޖާދު ކުރި ދެބެންކަމަށްވާ ވްރައިޓް ބްރަދާސް އެމީހުންގެ ފްލައިޓް އެންމެ ފުރަތަމަ ޓެސްޓުކުރި އަހަރެވެ. އަދި އެއީ ދުނިޔޭގައި އެންމެ ފުރަތަމަ އަންހެނަކަށް ނޯބްލް ޕްރައިޒް ވެސް ލިބުނު އަހަރެވެ.

ދުނިޔޭގެ އެންމެ މުސްކުޅި މީހާގެ ގޮތުގައި ޓަނާކާ ދުނިޔޭގެ ރެކޯޑް ފޮތަށް އަރާފައި ވަނީ 2019 ގައެވެ. އެއިރު އޭނާގެ އުމުރަކީ 116 އަހަރެވެ. ދާދި ފަހަކާ ޖެހެންދެން ވެސް ޓަނާކާ ހުރީ ވަރަށް ރަނގަޅު ސިއްޙަތެއްގައި ކަމަށާއި، އޭނާ ދިރިއުޅެމުން ދިޔައީ މުސްކުޅިން ބަލަހައްޓައި ނާސިންގ ހޯމެއްގައި ކަމަށް ވެސް ނޫހުގައި ބުނެފައިވެއެވެ.

ޓަނާކާ ދުނިޔެ ދޫކުރުމުން އެސިޓީގެ ގަވަނަރ ސެޓާރޯ ހަޓޯރީ ވަނީ އެކަމާ ހިތާމަ ފާޅުކުރައްވާފައެވެ. އޭނާ ބުނެފައި ވަނީ، ޓަނަކާގެ މަރުގެ ޚަބަރުން އޭނާއަށް ފުން ހިތާމައެއް ލިބުނު ކަމަށެވެ. އަދި މިއަހަރު މުސްކުޅިންގެ ދުވަހުގައި ޓަނަކާއާއި ބައްދަލު ވާނެ ކަމުގެ ފޮނި އުންމީދެއްގައި އޭނާ ހުރި ކަމަށް ވެސް ގަވަރނަރުގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޖަޕާނުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެޤައުމުގެ އާބާދީގެ ގިނަ އިންސައްތައަކީ މުސްކުޅިންނެވެ. އޭގެތެރެއިން 28 އިންސައްތަ އަކީ އުމުރުން 65 އަހަރަށް ވުރެ ދޮށީ އުމުރުގެ މީހުންނެވެ. ފާއިތުވި ސެޕްޓެމްބަރ މަހާއި ހަމައަށް ނަގާފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ވެސް ޖަޕާނުގައި 86،510 މީހުންނަކީ އުމުރުން 100 އަހަރުން މަތި ވެފައިވާ މީހުންނެވެ. އޭގެން ކޮންމެ 10 އަކުން 9 އަކީ އަންހެނުން ކަމަށް ވެސް ހިސާބުތަކުން ދައްކައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.