މަނަދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރަނީ
މިލަދުންމަޑުލު ދެކުނުބުރީ (ނ. އަތޮޅު) މަނަދޫ އިން ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އެރަށު ކައުންސިލު އިދާރާ އިން ކުރި އިއުލާނެއްގައި ވަނީ 3000 އަކަފޫޓްގެ 100 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ، ފާސްކޮށްފައިވާ “މަނަދޫގެ ލޭންޑް ޔޫސް ޕްލޭން” ގައި ދިރިއުޅުމައްޓަކައި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުތަކުން ކަމަށެވެ.
އެ ކައުންސިލުން ބުނީ ފޯމު ދޫކުރުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 12:30 އަށް ކަމަށެވެ. އަދި ފޯމު ބަލައިގަންނާނީ 22 މާރިޗުން ފެށިގެން 04 މެއި ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 އިން 12:30 އަށް ކަމަށް ވެސް ބުންޏެވެ.
މިކަމާއި ގުޅިގެން އިތުރުމަޢުލޫމާތު ހޯދުމަށް އެ އިދާރާގެ ނަންބަރު 6560029، 6560098 ނުވަތަ 6560509 ފޯނައް ގުޅުއްވުމަށް ވަނީ އެދިފައެވެ.
މަނަދޫގެ އާބާދީ އަކީ ގާތްގަޑަކަށް2041 އެވެ.
މަނަދޫ އިން ގޯތި ދޫކުރުމަށް ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާން: https://www.gazette.gov.mv/iulaan/233911