ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމަށް އެންސްޕާ އިބުރޭ އައްޔަން ކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް މ. ބަނަފްސާވިލާ, އިބްރާހީމް ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
އިބްރާހީމް ވަޙީދު މަޤާމަށް ޢައްޔަނުކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެވެ.
2009 އިން 2012 އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވާފައިވާ އިބްރާހިމް ވަހީދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު ފުރުއްވާފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ.
މީގެ އިތުރުން 2007 އިން 2018އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސެކްރެޓަރީގެ މަޤާމުވެސް އިބްރާހީމް ވަޙީދު ފުރުއްވާފައިވެއެވެ.