ރޯދަބަދިގެ: ޗީޒީ ސޮސެޖް ރޯލްސް

ބޭނުންވާ ތަކެތި:

  • 1 ފޮތި ޕާން
  • 1 ފޮތި މޮޒޮރެލާ ޗީޒް
  • 1 ސޮސެޖް
  • 1/2 ޖޯޑު ފާރޮށި ކުނޑި
  • 1/4 ސައި ސަމުސާ އަސޭމިރުސް
  • 1/2 ޖޯޑު ތެޔޮ
  • 2 ބިސް
  • ރަހަލާވަރު ލޮނުކޮޅެއް

 

ތައްޔާރު ކުރާނެ ގޮތް:

  •  ފުރަތަމަ ޕާންފޮތީގެ އަރިމަތިތައް ވަޅިއަކުން ކަފާލާށެވެ. އެއައްފަހު ރޮށި ދަމާ ރޯލަކުން ޕާންފޮތި ދަމާލާ ތުނިކޮއްލާށެވެ.
  •  ދެ ބިސް ތައްޓަކަށް ތަޅާލުމަށްފަހު ލޮނުކޮޅާއި އަސޭ މިރުސްކޮޅު އަޅައިގެން ރަނގަޅަށް އެއްކޮއްލާށެވެ.
  •  ދަމާލެވިފައިވާ ޕާންފޮތި މަތީގައި  ގިރާފައިވާ ބިސް، ތުނިކޮށް (ފިއްސަކުން /ސަމުސަލަކުން) ހާކާލާށެވެ. އަދި ޕާންފޮތި މަތީގައި  މޮޒޮރެލާ ޗީސްފޮތި  ބާއްވާލާށެވެ. ދެން ޕާންފޮތީގެ އެއް އަރިއެއްގައި ސޮސެޖް ބޭއްވުމަށްފަހު، ޕާންފޮތި އޮޅާލާށެވެ. އެއަށްފަހު ދެކަން ރަނގަޅަށް ބައްދާލާށެވެ.

 

އިޝްތިހާރު Heyobas Ruqya Course Ad square
  •  ތެޔޮފޮދު ތަވައަކަށް އަޅާ ހޫނު ވުމުން، އޮޅާފައިވާ ރޯލް، ގިރާފައިވާ ބިސްތަށިތެރެއަށް ލުމަށްފަހު ރަނގަޅަށް ރޯލްގައި ބިސް ހާކާލާށެވެ. އަދި ފާރޮށި ކުނޑި ރޯލްގައި ރަނގަޅަށް ހާކާލުމަށްފަހު، ހޫނުވެފައިވާ ތެލުގައި  3 މިނެޓް ވަންދެން މެދުގިނީގައި ތެލުލާނީ އެވެ.
  • 3 މިނެޓް ވުމުން ރޯލް ތެޔޮގަނޑުން ނަގާނީއެވެ. ޗީޒީ ސޮސެޖް ރޯލްސް މިހާރު މިހުރީ ތައްޔާރުކުރެވިފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.