ފޯޅަވަހި މައްސަލަ: ރައްޔިތުންގެ ބަހެއް ނެތި ރައީސުލް ޖުމްހޫރިއްޔާ ގޮތް ނިންމަން ޤާނޫނު އަސާސީއިން ތަންދޭ ކަމުގައި ނުފެނޭ – ޝެއިޚް ސަމީރު

ރާއްޖޭގެ ރައްޔިތުންގެ މައްޗަށް އިލްތިޒާމު ތަކެއް ކަނޑައެޅިގެންދާ ކަމެއްކަމަށާއި، އެފަދަ ކަމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި، ރައީސުލް ޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ގޮތް ނިންމެވުމަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއިން ތަންދޭ ކަމެއް ކަމުގައި ނުފެންނަ ކަމުގައި ދިވެހި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަޙްމަދު ސަމީރު ވިދާޅުވެއެޖެއެވެ. ޝެއިޚް މިހެން ވިދާޅުވީ ސީދާ ފޯޅަވަހީގެ މައްސަލައިގައި ކަމުގައި ސީދާ ޕޯސްޓުގައި ނެތް ނަމަވެސް، އެފަދައިން ވިދާޅުވެފައިވަނީ ފޯޅަވަހި މައްސަލައާއި ގުޅިގެން ކަމުގައި ޝެއިޚުގެ ޕޯސްޓުން ދޭހަވެއެވެ.

ޝެއިޚް ސަމީރު މިމޭރުމުން ވިދާޅުވެފައިވަނީ، އެބޭފުޅާގެ ފޭސްބުކްގައި، ޤާނޫނު އަސާސީގެ މާއްދާ ތަކެއްގެ ފޮޓޯ ހިއްސާ ކުރައްވަމުން މިއަދުގެ ވަގުތެއްގައެވެ. ސަމީރު ފާހަގަ ކުރައްވާފައިވާ ގޮތުގައި، ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއެކު، ބައިނަލް އަޤްވާމީ މުޖުތަމަޢުގައި ދިވެހި ރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމުކުރުން އިތުރު ކުރުވުމީ، ޤާނޫނު އަަސާސީ އިން ރައީސުލް ޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

އިޝްތިހާރު Below Header ad

އަދި މީގެ އިތުރުން، ބޭރު ޤައުމުތަކާއި ބައިނަލް އަޤްވާމީ ޖަމާޢަތްތަކާއެކު، ރާއްޖެއިންވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭ ބާވަތުގެ، މުޢާހަދާތަކާއި، އެނޫންވެސް އެއްބަސްވުންތަކުގައި ރައްޔިތުންގެ މަޖްލީހުގެ ރުހުމެއް ނެތި، ސޮއިކޮށް ތަޞްދީޤު ކުރުމަކީ ޤާނޫނު އަސާސީ އިން ރައީސުލް ޖުމްހޫރިއްޔާއަށް ހުއްދަ ދޭ ކަމެއް ނޫންކަންވެސް ޝެއިޚް ވަނީ ފާހަގަ ކުރައްވާފައެވެ. ކަން މިހެއް އޮތޮ އިރު ރައްޔިތުންގެ ބަހެއް ނެތި ރައީސުލް ޖުމުހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ގޮތް ނިންމެވުމަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އިން ތަންދޭ ކަމެއް ކަމުގައި ނުފެންނަ ކަމުގައި ޝެއިޚް ވިދާޅުވެފައި ވެއެވެ.

“ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއެކު، ބައިނަލް އަޤްވާމީ މުޖުތަމަޢުގައި ދިވެހި ރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމުކުރުން އިތުރު ކުރުވުމީ، ޤާނޫނު އަސާސީ އިން ރައީސުލް ޖުމުހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާ އެއް ކަމުގައި ވުމުގެ އިތުރުން ، ބޭރު ޤައުމުތަކާއި ބައިނަލް އަޤްވާމީ ޖަމާޢަތްތަކާއެކު ރާއްޖެއިންވާ މުޢާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން ރައްޔިތުން އެއްވެސް އިލްތިޒާމެއް އުފުލަން ޖެހޭ ބާވަތުގެ މުޢާހަދާތަކާއި އެނޫންވެސް އެއްބަސްވުންތަކުގައި ރައްޔިތުންގެ މަޖްލީހުގެ ރުހުމެއް ނެތި ސޮއިކޮށް ތަޞްދީޤު ކުރުމީ ޤާނޫނު އަސާސީ އިން ރައީސުލް ޖުމުހޫރިއްޔާއަަށް ހުއްދަ ދޭ ކަމަކަށް ނުވާއިރު، ދިވެހި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި،ސަރަޙައްދުގެ ރައްކަާތެރިކަމާ ގުޅުންހުރި؛ އެ ނިންމުމަކާ ގުޅިގެން ރައްޔިތުންގެ މައްޗަށް އިލްތިޒާމު ތަކެއް ކަނޑައެޅިގެންދާ ކަމެއްގައި؛ރައްޔިތުންގެ ބަހެއް ނެތި ރައީސުލް ޖުމުހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ގޮތް ނިންމެވުމަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އިން ތަންދޭ ކަމެއް ކަމުގައި ނުފެނެއެވެ.” -ޝެއިޚް އަޙްމަދު ސަމީރު ގެ ފޭސްބުކް ސްޓޭޓަސްގައިވާ ޢިބާރާތް-

ފޯޅަވަހީގެމައްސަލައިގައި،ރާއްޖެއަށްލިބުނީކާމިޔާބެއްކަމުގައި ސަރުކާރުން ބުނަމުން ދާއިރު، އިދިކޮޅު ފަރާތްތަކާއި، ޢާއްމުންގެ ގިނަ ބަޔަކު ބުނަމުން ދަނީ، ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށެވެ. އަދި މިހާރު ކަން ނިމުނު ގޮތުން ރާއްޖޭގެ ބައެއް ކާފަރު ޤައުމަކަށްދީ، ރައީސުލް ޖުމްހޫރިއްޔާ ވަނީ ޤައުމަށް ޣައްދާރު ވެވަޑައިގެންފައި ކަމުގައި ޢާންމުންގެ މީހުން ދަނީ ބުނަމުންނެވެ. އަދި މިމައްސަލައިގައި ދީނީ ބޭފުޅުންވެސް ގެންދަވަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.

ޝެއިޚް ސަމީރުގެ ޕޯސްޓް.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.