ގެއްލިގެން ހޯދަމުން ދިޔަ ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކޮށްފި

“އެމް ސަވާރީ” ބޯޓުން އަޑިއަށްދިޔަ ހާދިސާގައި ކަނޑުވި 6 މީހުން އެމްއެންޑީއެފްގެ އެހީގައި މާލެ ގެނެސްފިއެވެ. މި ހާދިސާގައި ކަނޑުވި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި މިހާރު މާލެ ގެނެސްފައިވާކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ ކަނޑުވެފައި ތިއްބާ އެ މީހުން ފެނުނީ ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވ.ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުންކަމަށްށެވެ. އަދި މި ހަ މީހުން ކޯސްޓްގާޑް ޝިޕް ޣާޒީއަށް އިއްޔެ 13:00 ހާއިރު ނަގާފައިވާއިރު، އިއްޔެ 16:30 ހާއިރު ރައްކާތެރިކަމާއެކު ހުޅުމާލެ ގެނެސްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެފަައި ވެއެވެ.
އެމްއެންޑީއެފް އިން ހާމަކުރިގޮތުގައި، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ބޯޓުން ދަތުރުކުރި މީހުން ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑު ޝިޕުތައް ބަނދަރު ކުރާ ސަރަހައްދަށް ގެނެވުމާއެކު އެމީހުންގެ ހާލު ބައްލަވާފައިވާކަމަށެވެ.
އަދި މީގެ އިތުރުން އެމްއެންޑީއެފް އިން ބުނެފައި ވަނީ ބޯޓުން ދަތުރުކުރި މީހުން ކަނޑުގައި ގާތްގަނޑަކަށް 9 ގަޑިއިރު ކަނޑުވެފައި ތިބިނަމަވެސް އެންމެންގެ ހާލުވެސް ރަނގަޅުކަމަށެވެ.
އެ މީހުނަށް ސިއްހީ އެއްވެސް އިތުރު އެހީތެރިކަމަކަށް ބޭނުންޖެހިދާނެކަމަށް އެމްއެންޑީއެފް މެޑިކަލް ކޯރގެ ޓީމެއްވެސް ވަނީ ހަރަކާތްތެރިވެފައެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް މޫސުމާއި ބެހޭ އިދާރައިން ވަނީ އިލްތިމާސް ކޮށްފައެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.