އިދިކޮޅު ޕީޕީއެމްއިން މަޖިލީހުގެ ރާއިސް ނަޝީދާއި އެކު ބައްދަލުކޮށް މަޝްވަރާ ކުރައްވަފި

އިދިކޮޅު ޕީޕީއެމްއިން ރައްޔިތުންގެ މަޖިލީހުގެ ރާއިސް މުހައްމަދު ނަޝީދާއި އެކު ބައްދަލުކޮށް މަޝްވަރާ ކުރައްވަފިއެވެ. ޕީޕީއެމްގެ ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ޢަބްދުﷲ ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ ވަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ބައްދަލުކޮށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރވެފައިވަނީ ޕީޕީއެމް ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އާއި، އެ ޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު، ވަނީ ނަޝީދާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ. މީގެ އިތުރުން މި މަޝްވަރާ ބައްދަލުވުމުގައި ވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވެސް ބައިވެރިވެލައްވައިފައެވެ.
ޗާގޯސްގެ މައްސަލައިގައި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާއި ގުޅިގެން ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަމުންދާކަމަށް އިދިކޮޅު ޕީޕީއެމް ވަނީ ތަކުރާރުކޮށް ބުނެފައެވެ.
މީގެ އިތުރުން އިޓްލޮސްއިން، އިން ކަނޑައެޅުމުގެ މައްސަލައިގައި ރައީސް ނަޝީދު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އަދި، ޗާގޯސްއަކީ ދިވެހިންގެ ތަނެއް ކަމަށް ވެސް ވަނީ މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ.
މި މައްސަލަ ނިމުނަސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ބަލާއިރު ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާ ނަމަ އެ ހިސާބަކަށް އިން ކަނޑައަޅަން ހުށަހެޅެއެވެ. ރާއްޖެއިން ރައީސް ނަޝީދުގެ ސަރުކާރުގައި ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅާފައެވެ. އެއާ އެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅިއެވެ.
ރާއްޖޭގެ ދެކުނު މޮރިޝަސްގެ އިތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބުން، އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ޚިޔާލު ތަފާތު ވުމުން، (އިޓްލޮސް) އިން ނިންމީ ރާއްޖެ އަށް ބޮޑު ބައެއް ލިބޭ ގޮތަށެވެ. ރާއްޖޭގެ ދެކުނުން ސާޅީސް ހަތް ހާސް ދުއިސައްތަ ތިރީސް ދެ އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބެއެވެ. މޮރިޝަސް އަށް ދޭން ނިންމީ ސާޅީސް ފަސް ހާސް ތިން ސަތޭކަ ތިރީސް އެއް އަކަ ކިލޯމީޓަރެވެ. އެއީ ކޮންމެ ގައުމަކަށް ދުއިސައްތަ މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ ނުވަދިހަ ފަސް ހާސް އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ.
ސަރުކާރުން މި މައްސަލައިގައި ދިވެހިން އެންމެ ކުރިން ގެންގުޅުނު ސްޓޭންޑް ވަނީ ބަދަލު ކޮށްފައެވެ. މިމައްސަލައާއި ގުޅިގެން، ރާއްޖޭގެ އެކި ދީނީ ޢިލްމުވެރިންވެސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި އާންމުންގެ އެތައްބަޔަކާއި އިދިކޮޅުންވެސް ނުރުހުން ފާޅުކުރަމުން ދާއިރު، ސަރުކާރުން ދެކެނީ، މިއީ ރާއްޖެއަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމުގައެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.