ތަމްރީނު ހޯދުމުގެ ދަތުރެއްގައި ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް ފުރައިފި

ފިޝަރީޒް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ ) އާއި ގުޅިގެން މަސްވެރިކަމުގެ ސިނާއަތު އިތުރަށް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ ”ދަ ޕްރޮޖެކްޓް ފޯރ ދަ ޕްރޮމޯޝަން އޮފް ބްލޫ އިކޮނޮމީ އިން ފިޝަރީޒް ސެކްޓަރ“ ގެ ދަށުން ތަޖުރިބާއާއި ތަމްރީނު ހޯދުމުގެ ދަތުރެއްގައި ދިވެހި މަސްވެރިންގެ ޓީމެއް ޖަޕާނަށް ފުރައިފިއެވެ.
މި ޕްރޮޖެކްޓަކީ ދިވެހި މަސްވެރިން ދޮށީގައި އަދި އަތުނަނުގައި ކުރަމުންދާ މަސްވެރިކަމުގައި ބާނާ ކަނޑުމަހުގެ ކޮލިޓީ ރަނގަޅު ކުރުމަށާއި، އެންވެރިކަމުގައި ދިމާވާ ބައެއް މައްސަލަތަކަށް ޙައްލު ހޯދުމަށާއި، ރަށު ފެންވަރުގައި މަހާއި، މަހުގެ އުފެއްދުން ތައްޔާރުކުރަމުންދާ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ތަރައްގީކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް 2022 ވަނަ އަހަރު ފަށާފައިވާ ޕްރޮޖެކްޓެކެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މި ޕްރޮޖެކްޓްގެ ދަށުން، ދޮށީގެ މަސްވެރިކަން ކުރުމުގައި އެން މަރުވާ ނިސްބަތް މަދުކުރުމަށް އެންވަތުގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް އެބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ. އަދި އަތުނަނުގެ މަސްވެރިކަމުގައި ބާނާ ބޮޑުކަންނެލީގެ ކޮލިޓީ ރަނގަޅުކޮށް ކަންނެލި ރިޖެކްޓް ވާ މިންވަރު މަދުކުރުމަށް ޖަޕާނުގެ މަސްވެރިން ބޭނުން ކުރަމުންދާ އުކުޅުތައް ބޭނުންކޮށްގެން ބޮޑު ކަންނެލީގެ ކޮލިޓީ ރަނގަޅުކުރުމަށް ހިންގާ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެނި އެ މަސައްކަތް ރާއްޖޭގެ ހުރިހާ އުޅަނދަކަށް ފުޅާކުރުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.masverin 1 jpg

ދިވެހި މަސްވެރިން ޖަޕާނަށް މި ކުރާ ދަތުރަކީ މި ޕްރޮޖެކްޓްގެ ތެރެއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޖަޕާނުގެ މަސްވެރިން، އެ މަސައްކަތްތައް ކުރަމުންދާ ގޮތުގެ އަޖުމަ ބަލައި، އެކަމާއި ގުޅޭގޮތުން ތަމްރީނު ހޯދާނެ ފުރުޞަތެއް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ފާހަގަކުރިއެވެ.
މި ދަތުރުގައި ބައިވެރިވާ ދިވެހި މަސްވެރިން، ޖަޕާނުގެ މަސްވެރިން ދޯނީގައި އެން ގެންގުޅޭ ގޮތާއި އަދި ބޮޑު ކަންނެލީގެ ކޮލިޓީ ދަމަހައްޓާ އުކުޅުތަކާއި، މަސްވިއްކުމުގައި ޖަޕާނުގައި ޢަމަލުކުރަމުންދާ ގޮތްތައް ބަލައި ޖަޕާނުގައި މަސްވެރިކަން މެނޭޖްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ދިވެހި މަސްވެރިން ޖަޕާނުގައި 20 ދުވަސް ވަންދެން ތަމްރީން ހޯދަން ނިންމާފައިވާއިރު، މި ޕްރޮޖެކްޓްގައި ފިޝަރީޒް މިނިސްޓްރީއާއި ޢަމަލީގޮތުން ބައިވެރިވަމުންދަނީ ގދ. މަޑަވެލި ”ކަމަނަ ދޯނި“، އދ. މަހިބަދޫ އަސުރުމާ 3، އަސުރުމާ 2 އަދި އަސަރީ ދޯނި.، ޒޫމް ފިޝާ އަދި ބ. ތުޅާދޫ ހައިޝަމް ދޯނީގެ ފަރާތުން 6 މަސްވެރިން ކަމަށް ފިޝަރީޒް މިނިސްޓްރީން ފާހަގަކުރިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.