ނ.ވެލިދޫ ޤުރުއާން މުބާރާތް 1444ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުބާރާތުގެ 1 ވަނައަށް ޢުމްރާ ދަތުރެއް

ވެލިދޫގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި، އާލާކޮށް، ފެތުރުމަށް މަސައްކަތް ކުރުމުގެ މަޤްސަދުގައި ހުރިހާ އުމުފުރާއަކަށް ހުޅުވާލައިގެން، މިހިނގާ 1444ވަނަ އަހަރު ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް ހަމަ ޖެހިފައިވާ ކަމަށް ނ.ވެލިދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ބޭއްވުމަށް ގަސްދުކުރެވިފައިވަނީ  16 ޖޫން 2023 ވާ ހުކުރު ދުވަހުއެވެ.

މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 7 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތް ހުޅުވާލެވިފައިވާ ޢުމުރުފުރާ ތަކަކީ،

އިޝްތިހާރު Heyobas Ruqya Course Ad square
4 އަހަރުން ދަށް،
މުޅި މުބާރާތުން 1ވަނަ އަށް ( ދެގޮފި އެއްކޮށް) – ޢުމްރާ ދަތުރު،
މުޅި މުބާރާތުން 2ވަނަ ( ދެގޮފި އެއްކޮށް) – 10،000ރ.،
މުޅި މުބާރާތުން 3ވަނަ ( ދެގޮފި އެއްކޮށް) – 7500ރ، ވަނީ ކަނޑައަޅާފައެވެ.
Velidhoo quran mubaaraaiy inaam jpg
ވެލިދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިއީ، ވެލިދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތް ކުރުމާއި، ކީރިތި ޤުރުއާން ހިތުދަސް ކުރުމަށާއި، ތަޖުވީދު މަގަށް ޤުރުއާން ކިޔެވުމަށާއި، ކީރިތި ޤުރުއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައި ދިނުމުގެ ރޮނގުން ކުރިޔަށް ދިއުމަށް މަސައްކަތް ކުރުމާއި، ޤައުމީ މުބާރާތަށ ބޭނުންވާ ބައިވެރީންގެ އާރެއް އުފެއްދުމާއި، ކީރިތި ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ވެލިދޫ ރައްޔިތުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި، ވެލިދޫ ހުރިހާ ރައްޔިތުންނަށް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުދީ، ކީރިތި ޤުރުއާނަށް ހިތްޖެއްސުން ފަދަ އެތައް މަޤްޞަދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.
ކައުންސިލްގެ ރައީސް އާތިފް ޙުސެއިން މަޢުލޫމާތު ދެއްވި ގޮތުގައި، މުބާރާތުގެ ބައިވެރީންނަށް، މުބާރާތުގެ ކިޔެވުމަށް ޤުރުއާން ފަރިތަކޮށްދީ ތަމްރީނު ދިނުމުގެ އިންތިޒާމު ހަމަ ޖެއްސުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ. މިމުބާރާތުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް ހިންގުމަށް ހަމަޖެހިފައިވަނީ، ކައުންސިލުން މިަކަމަށް ނެގިފައިވާ ކޮމެޓީއަކުންނެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ހުށައެޅުމުގެ ސުންގަނޑިއަކީ 31 މެއި 2023 ވާ ބުދަ ދުވަހުގެ 14:00އެވެ. މުބާރާތް ސްޕޮންސަރ ކުރުމާއި، މުބާރާތުގެ ވަނަތަކަށް އިނާމު ހުށަހެޅުމުގެ ފުރުސަތު މިހާރުއްސުރެ ހުޅުވާލެވިފައިވާ ކަމަށާއި، އެކަމަށް އެދިލައްވާ ފަރާތްތަކުން ކައުންސިލްގެ ހޮޓްލައިން،7897744 އަށް ގުޅުއްވައިގެން އެކަންކަން ކުރިއަށް ގެންދެވޭނެ ކަމުގައި ކައުންސިލްގެ ރައީސް އާތިފް ޙުސެއިން މަޢުލޫމާތު ދެއްވިއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް.

މުބާރާތުގެ ޤަވަޢިދު. 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.