ކީރިތި ރަސޫލާގެ ސިޔަރަތު 05
ރަޙީޤުލް މަޚްތޫމްގެ ދިވެހި ތަރުޖަމާ
ޝާމްގެ ރަސްކަން الملك بالشام
އެދުވަސްވަރަކީ ޢަރަބި ޤަބީލާ ޝާމް (الشّام) ހިޖުރަ ކުރުމުގެ އޮއެވަރެއް އުފެދި ރާޅުބާނީތައް ހެދިފައިވީ ދުވަސްވަރެކެވެ. ޤުޟާޢަތު (قضاعة) ވަންހައިގެ އެތައް ދަރިކޮޅެއް ޝާމް (الشّام) އާއި ކައިރި ހިސާބުތަކަށް ހިޖުރަކުރިއެވެ. އެތަންތާނގައި އެބައިމީހުން އާބާދުވަމުން ދިޔައެވެ. މިގޮތުން އާބާދުވި ވަންހަތަކުގެ ތެރޭގައި، ބަނީ ސުލައިޙް ބިން ޙުލްވާން ވިއެވެ. (سُلَيْح بن حُلْوان) މިމީހުންގެ ތެރެއިން އައް ޟުޖާޢަތު (الضجاعمة) ގެ ނަމުން އެނގިފައިވާ ޞަޖްޢަމް ބުނު ސުލައިޙް (بنو ضَجْعَم ابن سليح) ވަންހަ ހިމެނެއެވެ. މިމީހުންނަށް ރޫމީން އެހީވެ މަދަދު ކުރިއެވެ. އެއީ ސަޙަރާގެ ތެރޭގައި އުޅޭ ޢަރަބީންގެ ނޭދެވޭ عمل ތައް ހުއްޓުވައި ހަމައަކަށްއެޅުއްވުމަށެވެ.
އަދި ފާރިސީންނާއި ދެކޮޅަށް މިމީހުންގެ ފަރާތުން މަދަދާއި އެހީ ހޯދުމަށެވެ. މި مَقْصَد ގައި އެމީހުންގެ ތެރެއިން މީހަކު އެމީހުންގެ ރަސްކަލަކަށް އިސްކުރިއެވެ. އެމީހުންގެ ތެރެއިން މި ރަސްކަން އެއް ރަސްކަލަކަށްފަހު އަނެއް ރަސްކަލަކު އަހަރުތަކަކަށް ދެމިގެން ދިޔައެވެ. މިރަސްރަސްކަލުންގެ ތެރެއިން އެންމެ މަޝްހޫރު ރަސްކަލަކު ކަމުގައިވީ ޒިޔާދު ބުނު އަލް ލުހަބޫލާ (زياد بن الهَبُولة) އެވެ. އާދެ! މިޟީހުންގެ މިރަސްކަން މީލާދީޏް 2ވަނަ ޤަރުނުގެ ނިމުމަކާ ކައިރިވެއްޖައުމަށްދާންދެން ދެމި އޮތެވެ. މިމީހުންގެ ވެރިކަން ނިމިގެން ދިޔައީ އާލް ޣައްސާން (آل غَسَّان ) އައުމުންނެވެ. އާދެ! އާލް ޣައްސާން (آل غَسَّان ) ޟަޖާޢަތު (الضجاعمة) ވަންހަ ބަލިކޮށް އެމީހުންގެ މައްޗަށް ގަދަވެގަތެވެ.
އަދި އެމީހުންގެ ބާރުގެ ދަށުގައިވާ ހުރިހާ ތާކަށް ވެރިވެގަތެވެ. މިތަން ރޫމީން ދުން ހިނދު ޝާމް (الشّام) އާބާދު ވެފައިވާ ޢަރަބީންގެ މައްޗަށް އާލް ޣައްސާން (آل غَسَّان ) ގެ ރަސްކަން قَبُول ކުރިއެވެ.މިމީހުންގެ ރަސްކަމުގެ މަރުކަޒެއްކަމުގައި އިޚްތިޔާރު ކުރީ ދަވްމަތުލް ޖުންދަލް (دومة الجندل) އެވެ. އަލް ޣަސާސިނަތު (الغساسنة) ގެ ރަސްކަން ޝާމް (الشّام) ގައި ދިރިއުޅޭ ޢަރަބީންގެ މައްޗަށް ދެމިއޮތެވެ. އެހެނަސް މިމީހުންނަކީ ރޫމީން (الروم) ގެ ރަސްރަސްކަލުންގެ ފަރާތުން ވެރިކަން ކުރާ ބައެއްގެ ގޮތުގައި ދެމިއޮތެވެ. މިގޮތުގައި ހިޖުރައިން 13 ވަނަ އަހަރު ޢުމަރުގެފާނު (أَمِيرُ المؤمِنِين عُمَرُ بن الخَّطَّاب رَضِي اللهُ عَنْهُ) ގެ خَلِيْفَة ކަމުގައި ހިނގި ޔަރަމޫކު (اليرموك) ހަނގުރާމައާއި ހަމައަށް ދެމިގެންދިޔައެވެ. އާލް ޣައްސާން (آل غَسَّان ) ގެ އެންމެ ފަހުގެ ރަސްކަލަކު ކަމުގައިވީ ޖަބަލަތު ބުނު އަލް އައިހަމް (جَبَلَة بن الأيهم) އަދެ! އަމީރުލް މުއްމިނީން ފާރޫޤު ރަޟިޔަ ﷲ އަންހު ((أَمِيرُ المؤمِنِين عُمَرُ بن الخَّطَّاب رَضِي اللهُ عَنْهُ) خَلِيْفَة ކަމުގައި މީނާ އިސްލާމް ވެއްޖައުމަށްދާންދެން އެމީހުންގެ ރަސްކަން ދެމިގެން ދިޔައެވެ.
ޙިޖާޒުގެ ވެރިކަން (الملك بالحجاز)
ﷲގެ ގެފުޅުގެ ވެރިއެއްގެ ގޮތުގައްޔާއި މައްކާގެ ވެރިއެއްގެ ގޮތުގައި އިސްމާޢީލް ޢަލައިހި އައްސަލާމް (إسماعيل عليه السلام)، އެކަލޭގެފާނުގެ ޤުމުރުފުޅުން 137 އަހަރު ފުޅުގައި އަވަހާރަވެއްވަޑައިގެންފުމަށް ދާންދެން ހުންނެވިއެވެ. އޭގެފަހުގައި އެކަލޭގެފާނު (إسماعيل عليه السلام)ގެ ބޭފުޅުންގެ ތެރެއިން ޤައިދާރު (قَيْدار) އާއި ނާބިތު (نابت) އާ ދެބޭފުޅުން އެއްބޭފުޅަކަށްފަހު އަނެއްބޭފަޅކު މައްކާގެ ވެރިކަން ކުރެއްވިއެވެ. އާދެ! މިދެބޭފުޅުންނަށްފަހުގައި މިދެބޭފުޅުންގެ ކާފަ މުޟާޞު ބުނު ޢަމްރޫ އަލް ޖުރްހުމީ (مُضَاض بن عمرو الجُرْهُمِىّ) މައްކާގެ ވެރިކަން ބަދަލު އޭނާއަށް ވެރިކަން ބަދަލުވެގެން ދިޔައެވެ.
މިގޮތުން ޖުރްހުމީ (الجُرْهُمِىّ) ންގެ އަތްމަތީގައި ވެރިކަން އޮތެވެ. އެހެނަސް އެ ގެފުޅަކީ އެބޭފުޅުންގެ ބައްޕާފުޅާއި ކާފާފުޅާއި ކާފާފުޅު ބިނާކުރެއްވި ތެއްކަމުގައި ވާތީ އިސްމާޢީލް ޢަލައިހި އައްސަލާމް (إسماعيل عليه السلام) ގެ ބޭފުޅުންނަށް މީސްތަކުންގެ ހިތްތަކުގައި ޤަދަރާޢި އިޙްތިރާމް ކުޑަވެގެނެއް ނުދެއެވެ. ދުވަސްތަކާޢި ޒަމާން ފާއިތުވަމުން ދެއެވެ. އިސްމާޢީލް ޢަލައިހި އައްސަލާމް (إسماعيل عليه السلام) ގެ ބޭފުޅުންގެ ބާރާއި ނުފޫޒު ބަލިކަށީވެ ނިކަމެތިވަމުންދިޔައެވެ. އެބޭފުޅުންގެ ތެރޭގައި ބަޔާންކުރެފވޭފަދަ މަޝްހޫރުކަމެއް ލިބިވަޑައިގެންފައިވާ ބޭފުޅަކު ނުވެއެވެ.
ބުޚްތުނަޞްރު (بُخْتُنَصر) އައުމުގެ ތަންކޮޅެއް ކުރިންސުރެއް ޖުރްހުމް (جرهم) ންގެ ބާރު ބަލިވެ ނިކަމެތިވެގެން ގޮސަފައިވިއެވެ. އާދެ މި ދުވަސްވަރުގައި ޢަދްނާނީ ( عدنان ) ންގެ ތަރިއަރާ ފިޔަ ޖަހަން ފެށިއެވެ. ބުޚްތުނަޞްރު (بُخْتُنَصر) ޢާރަބީންނާ ދެކޮޅަށް ހަނގުރާމަ ކުރިއެވެ. މި ހަނގުރާމައިގައި ޢަރަބީންގެ ކޮމާންޑަރުކަންކުރީ ޖުރްހުމް (جرهم) ވަންހައިގެ މީހަކު ކަމުގައި ނުވެއެވެ. މީލާދީ ސަނަތުން 587 ވަނަ އަހަރުގެ ކުރީގައި ބުޚްތުނަޞްރު (بُخْتُنَصر) ދެވަނަ ފަހަރަށް މައްކާއަށް ޙަމަލާދިނެއެވެ. އެހިނދު ޢަދްނާނީ ( عدنان ) ވަންހަ ފިލައިގެން ޔަމަނަށް ދިޔައެވެ.
އަދި ޔަމަނުގެ ތެރެއަށް ބައިބައިވެގެން ދިޔައެވެ. އެވަގުތު ބަނީ އިސްރާއީލު (بنو إسرائيلى) ތެރޭގައި ހުންނެވީ ނަބީއަކު ކަމުގައިވާ ޔަރްމިޔާހް (يرمياه) ކަލޭގެފާނެވެ. ޝާމް (الشّام) ކަރައަށް ވަޑައިގެންނެވިއިރު ޢަދްނާނީ ( عدنان )ގެ ދަރިކަލުން މަޢައްދު (بَمَعَدّ) އޭނާ އެކުގައި ގެންދެވިއެވެ. ބުޚްތުނަޞްރު (بُخْتُنَصر)ގެ ބާރު މައްކާގެމައްޗަށް ކުޑަވެގެން ދިޔަ ހިނދު މަޢައްދު (بَمَعَدّ) އެނބުރި މައްކާ އަށް ވަޑައިގެންނެވިއެވެ. މައްކާއިން މަޢައްދު (بَمَعَدّ) އާ ޖުރްހުމް (جرهم)ގެ ތެރެއިން ބައްދަލުވީ ޖަވްޝަމް ބުނު ޖުލްހުމަތު (جَوْشَم بن جُلْهُمَة) އާއެވެ. ދެން ޖަވްޝަމް ބުނު ޖުލްހުމަތު (جَوْشَم بن جُلْهُمَة) ގެ ދަރިކަނބަލުން މުޢާނަތު (مُعَانة) އާއި މަޢައްދު (بَمَعَدّ) ކައިވެނި ބައްލަވައިގެންނެވިއެވެ.
އަދި އެކަމަނާ މަޢައްދު (بَمَعَدّ) އަށް ނިޒާރު (نِزَارُ) އާއިގެން ރައްކާވެވަޑައިގެންނެވިއެވެ. މިއަށްފަހު މައްކާގައި ޖުރްހުމް (جرهم)ގެ ދިރިއުޅުމުގެ ކަންތައްތައް ނުބައިން ނުބަޔަށް ބަދަލު ވަމުން ދިޔައެވެ. މައްކާއަށް ޒިޔާރަތް ކުރާ މީހުންނަށް ޖުރްހުމް (جرهم) ގޯނާކޮށް އެކި ކަހަލަ އަނިޔާތައް ކުރަމުން ދިޔައެވެ. އަދި ގެފުޅުގެ މުދާ އެމީހުން ހުއްދަކޮށްގަތެވެ. ޖުރްހުމް (جرهم) ންގެ މި ޢަމަލުތަކުން ޢަދްނާނީ (عدنان) ންގެ ހިތަތަކުގައި ޖުރްހުމް (جرهم) ންގެ މައްޗަށް ރުޅުވެރިކަމާއި ނަފްރަތްތެރިކަން އުފެދިގެން ދިޔައެވެ. މިދުވަސްވަރުގައި ޚުޒާޢަތު (خزاعة) ވަންހަ އައިސް މައްރިއްޡަހްރާން (مَرِّ الظَّهْران) އަށް ފޭބިއެވެ. ޖުރްހުމް (جرهم) ންގެ މައްޗަށް ޢަދްނާނީ (عدنان) ންގެ ހިތުގައިވާ ނަފަރަތްތެރިކަމާއި ރުޅުވެރިކަން ދުށްހިނދު ޢަދްނާނީ (عدنان) ވަންހައޮގެ تَاعِيد އާ އެކު ޖުރްހުމް (جرهم) ންނާއި ދެކޮޅަށް ތެދުވިއެވެ.
ޢަދްނާނީ (عدنان) ންގެ ތެރެއިން ޖުރްހުމް (جرهم) ންނާ ދެކޮޅަށް ޚުޒާޢަތު (خزاعة) އާއެކު ތެދުވީ ބަނޫ ބަކުރު ބުނު ޢަބްދު ލަނާފް ބިން ކިނާނަތު (بنو بكر بن عبد مناف بن كنانة) އެވެ. މި އެންމެން ގުޅިގެން ޖުރްހުމް (جرهم) ން މައްކާޢިން ބޭރު ކޮށްލިއެވެ. އަދި މައްކާގެ ވެރިކަމަށް ޚުޒާޢަތު (خزاعة) އިސްވިއެވެ. މިކަން ހިނގާފައިވަނީ މީލާދީން ދެވަނަ ޤަރުނުގެ މެދުތެރޭގައެވެ. ޖުރްހުމް (جرهم) ން މައްކާއިން ނިކުމެގެން ދިޔައީ ޒަމްޒަމް ވަޅުގެ ތެރެއަށް އެތަށްބައިވަރު އެއްޗިއްސެއް އަޅާ އެ ވަޅު ބައްދާ ފޮރުވާލައި އެތަން ނޭންގޭ ގޮތް ހަދާފައެވެ.
އިބްނު އިސްޙާޤު (ابن إسحاق) ވިދާޅުވިއެވެ. ޢަމްރޫ ބުނު އަލް ޙާރިޘް ބުނު މުޟާޟު އަލް ޖުރުހުމީ) عمرو بن الحارث بن مضاض الجرهمى) ޒަމްޒަމް ވަޅުގެ ތެރެއަށް ސާސާނު ބުނު ބާބަކު (ساسان بن بابك) ގެފުޅާށް ހަދިޔާ ކޮށަފައިވާ ރަނުގެ ދެ ފުއްލާއާއި ޙަޖަރުލް އަސްވަދު ލާ ފަސްލާފައިވެއެވެ. އަދި ޖުރްހުމް (جرهم) ންނާއެކު ޔަމަނަށް އޭނާ ދަތުރު ކުރިއެވެ. އެމީހުން މައްކާ ދޫކޮށް ދިޔައީ ހިތާމަކޮށް ލޮލުން ކަރުނަ އަޅަމުންނެވެ. މި ހިތާމައިގައި ޢަމްރޫ މިފަދައިން ކިޔާފައިވެއެވެ.
كأن لم يكن بين الحَجُون إلى الصَّفَا ** أنيـس ولـم يَسْمُـر بمكـــة سامـــر
بلــى نحــن كــنا أهـلــها فأبـادنـا ** صُرُوف الليالى والجُدُود العَوَاثِر
މި ޅެންބައިތުގެ މާނައީ:
”ޙަޖޫނުން ފެށިގެން ޞަފާއާ ހަމައަށް ވާހަކަ ދައްކާލާ އެކަނިވެރިކަން ފިލުވާލަދޭނެ މީހަކު ނުވާ ކަހަލައެވެ. މައްކާގެ މެހެފިލް ތަކުގައި ވާހަކަ ދައްކާ އެކަނިވެރިކަން ފިލުވައި ދޭނޭ މީހަކު ނެތީ ކީއްވެ ހެއްޔެވެ. “
މި ސިޔަރަތަކީ ރާބިޠަތުލް ޢާލަމިއްޔާގެ ފަރާތުން رسول الله صلى الله عليه وسلم ގެ މައްޗަށް އެންމެ ފުރިހަމައަށް ސިޔަރަތު ލިޔުނު ފަރާތަކަށް ދިނުމަށް ހުޅުވާލި ނޯބަލް އިނާމު ލިބުނު ސިޔަރަތު އައްރަޙީޤު އަލް މަޚްތޫމް (الرحيق المختوم) މި ސިޔަރަތު ލިޔުއްވީ އިންޑިއާގެ ޢިލްމުވެރިއެއްކަމަށްވާ ޞަފިއްޔުއް ރަޙްމާން އަލްމުބާރަކް ޕޫރީ އެވެ. ދިވެހި ބަހަށް ތަރްޖަމާ ކުރެއްވީ ފަޟީލަތުއްޝައިޚް އަލް އުސްތާޛް ޢުޘްމާން ޢަބްދުﷲ އެވެ.
ސިޔަރަތުގެ އޯޑިއޯ:
(ނުނިމޭ….)