ކީރިތި ރަސޫލާގެ ސިޔަރަތު 06
ރަޙީޤުލް މަޚްތޫމްގެ ދިވެހި ތަރުޖަމާ
އިސްމާޢީލް ޢަލައިހި އައްސަލާމް (إسماعيل عليه السلام) އުޅުއްވީ މީލާދީގެ 2000 (ދެ ހާސް) އަހަރުގެ ކުރިންނެވެ. އެހެންކަމުން ޖުރްހުމް (جرهم) މައްކާގައި 21 (އެކާވިސް) ޤަރުނު ވަންދެން ދެމިތިއްބެއެވެ. އަދި އެމީހުން މައްކާގައި ވެރިކަން ގައިގަޑަކަށް 21 ޤަރުނު ކޮށްފައިވެއެވެ.
ބަނޫ ޚުޒާޢަތު (خزاعة) މައްކާއަށް ވެރިވެގަތުމަސށް ފަހުގައި ބަކުރު ވަންހަ ބައިވެރި ކުރުމަކާ ނުލާ އެމީހުންގެ އަމިއްލަ ވެރިކަމެއް قَائِم ކުރިއެވެ. އެހެނަސް މުހިންމު 3 އިމްތިޔާޒީ ދަރަޖައެއް މުޟަރު ޤބީލާއަށް ދީ އެމީހުންގެ އެކުވެރިން ކަމުގައި ހެދިއެވެ. އެއީ:
1 – އެމީހުނަނަށް ދިން ފުރަތަ ޝަރަފަކީ: ޙައްޖާޖީން ޢަރަފާތުން މުޒްދަލިފާއަށް ގޮވައިގެން ދިއުމެވެ. އަދި ޔަވްމު އަންނަފަރު (يوم النفر) ގައި، އާދެ! ޛުލް ޙިއްޖާ މަހުގެ 13 ވަނަ ދުވަހުގައި، އެބަހީ މިނާގައި ތިބުމުގެ މުއްދަތު ހަމަކޮށް މައްކާއަށް ދިއުމުގައި އެމީހުންގެ ކިބައިން ހުއްދަ ލިބިގެން ދިއުމެވެ. ޙައްޖުވެރިން ޙައްޖުމަހުގެ 13 ވަނަ ދުވަހު ހިލަ އުކާ ނިމި މައްކާ އަށް ދާން ޤަސްދު ކޮށްފިއްޔާ ޟޫފަތު (صُوفَة) އިން ޖަމްރަތު އަލް ޢަޤަބަތު ( جمرة العقبة) ގެ ކައިރިއަށް ޖެހިލައެވެ. ޟޫފަތު (صُوفَة) އިންނަކީ ބަނޫ ޢަމްރު ބުނު މުއްރަތު ޤަބީލާގެ މީހުންނެވެ. ޟޫފަތު (صُوفَة) އިން މައްކާއަށް ދާން ނިކުތުމުން މެނުވީ އެހެން މީހުންނަށް ނުކުތުމުގެ ހުއްދައެއް ނޯވެއެވެ. ޟޫފަތު (صُوفَة) އިން ހުއްދަ ދިނުމުން އެހެންމީހުން ދިއުމަށް ހުޅުވާލައެވެ. ބަނޫ ބަކުރު ބުނު މުއްރަތު އަވަހާރަ ވުމުން ތަމީމު ވަންހައިން ބަނޫ ސަޢުދު ބުނު ސަޢުދަށް އެކަން ވާރުތަ ވިއެވެ.
2 – ޛުލް ޙިއްޖާމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު މީސްތަކުންނާއިގެން މުޒްދަލިފާއިން މިނާއަށް ދިއުން: މި ޝަރަފު ލިބިގެންވަނީ ޢަދްނާނު (عدنان) ވަންހައަށެވެ.
3 – ޙުރުމަތްތެރި ކުރެވިގެނވާ މަސްރުތައް ކުރިއަށް ނުވަތަ ފަހަތަށް ޖެއްސުމުގެ ޝާރަފް: މި ޝަރަފު ލިބިގެންވަނީ ކިނާނަތު (كنانة) ވަންހައިގެ އެއް ގޮފި ކަމުގައިވާ ތަމީމު ބުނު ޢަދީ ފުޤައިމު ބުނު ޢަދީ ވަންހަ (بنى فُقَيْم بن عدى) މައްކާގެ މައްޗަށް ބަނޫ ޚުޒާޢަތު (خزاعة) ވަންހައިގެ ރަސްކަން 300 އަހަރު ވަންދެން ދެމިއޮތެވެ. މި މީހުންގެ ދުވަސްވަރުގައި ޢަދްނާނު (عدنان) ޢިރާޤު (العراق) ގެ ކައިރި ހިސާބު ތަކަށާއި ބަޙްރައިން (البحرين)ގެ ތެރެއަށް ފެތުރިގެން ދިޔައެވެ.
އަދި ޚުޒާޢަތު (خزاعة) ގެ ވެރިކަމުގެ ދުވަސްވަރުގައި ޤުރައިޝް (قريش) ންގެ ތެރެއިން މަދު ޤަބީލާއެއް މައްކާގެ ވަށައިގެންވާ ހިސާބު ތަކުގައި ދެމިތިއްބެވެ. އެމީހުންނަކީ ޙުލޫލު (حُلُول) އާއި ޙަރަމް (حرم) ދަރިކޮޅުގެ މީހުންނެވެ. ޚުޒާޢަތު (خزاعة) ދަރިކޮޅުގެ މަދުބަޔަކު ވަކި ވަކި ގޭގޭގައި ދިރިއުޅެމުން ދިޔައެވެ. ކަން މިހެން އޮތްނަމަވެސް މައްކާގެ ވެރިކަމުގެ ތެރެއިން ވިޔަސް އަދި ގެފުޅުގެވިޔަސް އެއްވެސް ކަމެއް އެމީހުންނަކަށް ނުވެއެވެ. ކިލާބުގެ ދަރި ޤުޟައްޔު (قصى بن كلاب) އަތުވެއްޖައުމަށް ދާންދެން ޢަދްނާނީ (عدنان) ގެ ކަންތައް އޮތީ މިގޮތުގައެވެ.
ޤުޟައްޔު (قصى) އާ ބެޙޭ ގޮތުން ބަޔާން ކުރެވެއެވެ. މަންމަގެ ޙަޟާރަތުގައި ވަނިކޮށް ބައްޕަ ނިޔާ ވެއްޖެއެވެ. އޭގެ ފަހުގައި ބަނީ ޢާދުނާގެމީހަކު އެނޭގެ މަންމައާ ކައިވެނި ކުރިއެވެ. އެމީހަކީ ރަބީޢަތު ބުނު ޙުރާމު (ربيعة بن حرام) އެވެ. ޝާމް (شام) ކަރައިގައިވާ އޭނާގެ ރަށަށް ޤުޟައްޔު (قصى) މަންމަ ގޮވއިގެން ދިޔައެވެ. އެތާނގައި ޤުޟައްޔު (قصى) ބޮޑުވެ ޒުވާން ވެއްޖައުމަށްދާންދެން ދެމި ހުންނެވިއެވެ. އެއަށްފަހު މައްކާއަށް ޤުޟައްޔު (قصى) ވަޑައިގެންނެވިއެވެ. އެއިރު ޚުޒާޢަތު (خزاعة) ވަންހައިން މައްކާގެ ވެރިޔަކަށް ހުންނެވީ ޙުލައިލު ބުނު ޙަބަޝަތު (حُلَيْل بن حَبْشِيَّة) އެވެ. އޭނާގެ ދަރިކަލުން ޙުބައްޔު (حُبَّي) އާ ޤުޟައްޔު (قصى) ކައިވެނި ބައްލަވައިގެންނެވިއެވެ. ޙުލައިލު އަވަހާރަވުމަށްފަހު ޤުރައިޝް (قريش) ންނާއި ޚުޒާޢަތު (خزاعة) އާއި ދެމެދު ހަނގުރާމައެއް ހިނގިއެވެ. މި ހަނގުރާމަ ނިމިގެން ދިޔައީ ޙަރަމްފުޅާށާއި މައްކާގެ މައްޗަށް ޤުޟައްޔު (قصى) ވެރިވެގަނެގެނެވެ. މި ހަނގުރާމަ ހިނގަން ދިމާވި ސަބަބަކާމެދުގައި މުއަރިޚުން 3 ރިވާޔަތެއް ބަޔާން ކުރައްވައެވެ.
1 – ޤުޟައްޔު (قصى) ދަރިން ގިނަ ވުމާއި އޭނާގެ ޝަރަފާއި މުދާވެރިކަން ބޮޑުވުމެވެ. ޙުލައިލު އަވަހާރަ ވުމުން ޚުޒާޢަތު (خزاعة) އާއި ބަނީ ބަކުރަށްވުރެ މައްކާ އަށާޢި ޙަރަމަށް ޤުޟައްޔު (قصى) ގެ ޙައްޤުކަން ބޮޑުކަމަށް އޭނާދެކެއެވެ. އޭނާ އަކީ އެމީހުންގެ ޅިޔަނަކަށް ވުމާއި އަދި ޤުރައިޝް (قريش) ންނަކީ އިސްމާޢީލް ޢަލައިހި އައްސަލާމް (إسماعيل عليه السلام) ގެ އަހުލު ވެރިންކަމުގައި ވުމެވެ. މައްކާއިން ބަނީ ބަކުރާއި ޚުޒާޢަތު (خزاعة) ބޭރު ކުރުމަށް ބަނީ ކިނާނަތު (بنى كنانة) ޤުރައިޝް (قريش) ޤުޟައްޔު (قصى) އާ ވާހަކަ ދެއްކި އެވެ. އެ ހިނދު އޭނާ އެމީހުންގެ އެދުމަށް އިޖާބަދިނެވެ.
2 – ޚުޒާޢަތު (خزاعة) ދެކޭ ގޮތުގައި މައްކާ އާއި ގެފުޅުގެ ކަންތައްތައް ޙުލައިލު ވަނީ ޤުރައިޝް (قريش) އާއި حوال ކޮށް އެކަމަށް وصية ކޮށްފައެވެ.
3 – މައްކާގެ ވެރިޔާ އޭނާގެ ދަރިކަނބަލުން ޙުބައްޔު (حُبَّي) އަށް ވަނީ ގެފުޅުގެ ވެރިކަން ދެއްވާފައެވެ. އެކަމަނާގެފަރާތުން އެ ގެފުޅުގެ ކަންތައްތައް ބަލަހައްޓަވާ އެކަމަނާގެ ނައިބެއްގެ ގޮތުގައި އަބޫ ޣުބްޝާނު އަލް ޚުޒާޢީ (أبو غُبْشان الخزاعي) މަސައްކަތް ކުރަމުން ދިޔައެވެ. ޙުލައިލުގެ އަތުން ޤުޞައްޔު ވަނީ މާއްކާގެ ވެރިކަން ރާފުޅިއަކަށް ބައްލަވައި ގަންފައެވެ. ޤުޟައްޔު (قصى) ގެ މި ވިޔަފާރިއަށް ޚުޒާޢަތު (خزاعة) ވަނީ ވަރަށް ބޮޑަށް ނުރުހުންވެފައެވެ. އަދި އެކަމުން ޤުޟައްޔު (قصى) މަނާ ކުރުމަށް ޚުޒާޢަތު (خزاعة) މަސައްކަތް ކުރިއެވެ.
ނަތީޖާއެއްގެ ގޮތުން ޤުޟައްޔު (قصى) ޤުރައިޝް (قريش) ނާއި ބަނީ ކިނާނާ ބަނީ ކިނާނަތު (بنى كنانة) ގެ ކިބައިން ޚުޒާޢަތު (خزاعة) މައްކާއިން ބޭރުކޮށްލުމަށް އެހީވެދިނުމަށް އެދުނެވެ. އޭނާ އެދުނު އެދުމަށް އެދެބައިމީހުން އިޖާބަދިނެވެ. – އިބުނު ހިޝިމް 118 އިން 1171 އަށް- . ސަބަބު ކޮންމެ ސަބަބެއް ކަމުގައިވިޔަސް ކަންތައްތައް މިގޮތަށް ދާން ފަށައިފިއެވެ. ޙުލައިލް ނިޔާވުމާއެކު ޞޫފަތު (صوفة) ކުރިންވެސް ކަންތަށް ކުރަމުން އައި ގޮތަށް ކަންތައް ކުރުމަށް ޤަސްތު ކުރިއެވެ. ޤުޟައްޔު (قصى) ޤުރައިޝް (قريش) ނާއި ބަނީ ކިނާނާ ބަނީ ކިނާނަތު (بنى كنانة)ގެ މީހުން ގޮވައިގެން ޚުޒާޢަތު (خزاعة) މީހުން جمع ވެގެން ތިބި ޢަޤަބަތު (العقبة) ކައިރިއަށް ދިޔައެވެ. އަދި އެމީހުންނާއި ބައްދަލު ކުރިއެވެ.
ޤުޟައްޔު (قصى) ގޮވާލެއްވިއެވެ. ތިޔަބައިމީހުންނަށް ވުރެ ބޮޑަށް މިކަން ތިމަންމެންނަށް ޙައްޤުވެ އައުލާ ވެގެން ވެއެވެ. މި ގޮވާލުމާގުޅިގެން އެމީހުން ޤުޟައްޔު (قصى) އާ ހަނގުރާމަ ކުރިއެވެ. އެހިނދު ޤުޟައްޔު (قصى) އެމީހުނާ ކުރިމަތިލައްވާ އެމީހުން ބަލިކޮށް އެމީހުންގެ އަތްމަތީގައިވާ ކަންތައްތަކަށް ގަދަވެގެންނެވިއެވެ. ޚުޒާޢަތު (خزاعة) އާޢި ބަނޫ ބަކުރު (بنو بكر) ބަލިވި ހިނދު އެމީހުން މައްކާއިން ބޭރުކޮށްލެއްވިއެވެ. ޚުޒާޢަތު (خزاعة) އާޢި ބަނޫ ބަކުރު (بنو بكر) މައްކާއިން ބޭރު ކޮށްލެވުމުން އެދެބައިމީހުން ގުޅިގެން އަލުން ޤުޟައްޔު (قصى) އާ ދެކޮޅަށް ސަފުތަށް ރުކުރުވާލިއެވެ. އެހިދު ޤުޟައްޔު (قصى) ޢަދްނާނީ (عدنان) جمع ކުރިއެވެ. އަދި ބަކުރު (بنو بكر) އާއި ޚުޒާޢަތު (خزاعة) ގެ ބޮޑު ލަޝްކަރަކާއި ކުރިމަތި ލެއްވިއެވެ. އެދެމެދުގައި ވަރުގަދަ ކުރިމަތިލުން ތަކެއް ހިނގިއެވެ.
ދެފަރާތުން ގިނަ ޢަދަދެއްގެ މީހުން މަރުވެގެންވެސް ދިޔައެވެ. އެއަށްފަހު ދެފަރާތުން ސުލަޙައަށް ގޮވާލިއެވެ. ބަނީ ބަކުރުގެ މީހަކު ކަމުގައިވާ ޔަޢްމުރު ބުނު ޢަވްފު (يَعْمُر بن عوف) އެދެބައި މީހުންގެ މެދުގައި ސުލްޙް قائم ކުރމުގެ حكم އަކު ކަމުގައި ހެއްދެވިއެވެ. އެހިނދު އޭނާ މައްކާ އާއި ގެފުޅުގެ މައްޗަށް ޚުޒާޢަތު (خزاعة) އަށް ވުރެ حقُّ ކަން ބޮޑީ ޤުޟައްޔު (قصى) ކަމުގައި ބުނެ حُكُم ކުރިއެވެ. އަދި ޤުޟައްޔު (قصى) އޮހޮރިހާ ލެޔެއްގެ ބަދަލު ނުހިފެވޭނެކަމަށްވެސް ބުނަމުން ބުއްޏެވެ. ތިމަން އެކަން ތިމަންނަގެ ފައިތިލައިގެ ދަށަށްލައި ޗިސް ކުރަމެވެ. އެހެނަސް ބަކުރު (بنو بكر) އާއި ޚުޒާޢަތު (خزاعة) ގެ ފަރާތުން އޮހޮރުވި ލޭގެ ބަދަލު އަދާކުރުމަށް حُكُم ކުރިއެވެ. އަދި އެއްވެސް ހިފެހެއްޓޫމެއްނެތި ގެފުޅުގެ ވެރިކަން ޤުޟައްޔު (قصى) އާއި ޙަވާލު ކުރުމަށް حُكُم ކުރިއެވެ.
މި حُكُم އާ ގުޅިގެން ޤުޟައްޔު (قصى) އަށާއި ޤުރައިޝް (قريش) މައްކާގެ މައްޗަށް ފުރިހަމަ ބާރާއި ނުފޫޒާއި ވެރިކަން حاصِل ވިއެވެ. އަދި ﷲގެ ގެފުޅުގެ ދީނީ ވެރިޔަކު ކަމުގައި ޤުޟައްޔު (قصى) ވެއްޖެ އެވެ. މިކަމާ ގުޅިގެން ގެފުޅަށް ޒިޔާރަތް ކުރުމަށް ޖަޒީރަތު އަލް ޢަރަބިއްޔާގެ އެކި ކަންކޮޅުތަކުން މީހުން އަންނަން ފަށައިފިއެވެ. މައްކާގެ މައްޗަށް މި އާރާއި ބާރު ޤުޟައްޔު (قصى) އަށް ލިބިފައިވަނީ ޢީސާއީ ސަނަތުން 5 ވަނަ ޤަރުނުގެ މެދެއްހާ ހިސާބުގައެވެ. އާދެ ޢިސާއީ ސަނަތުން 440 ގައެވެ. ޤުޟައްޔު (قصى) މައްކާގެ ކަންތައްތައް ހަމައަކަށް އެޅުވުމައްތަކައި މައްކާގެ ވަށައިގެންވާ ހިސާބުތަކުގައި ދިރިއުޅޭ ޤުރައިޝް (قريش) ގެ عَائِلَة ތައް މައްކާގެ ތެރެއަށް ގެންނެވިއެވެ.
އަދި އެމީހުންނަށް މައްކާގެ އެކި ހިސާބު ހިސާބުގައި ބައިބައިކޮށްދެއްވިއެވެ. އަދި ކޮންމެ عَائِلَة އަކަށް އުޅެވޭނެ ގޮތާއި ހިޔާވެހިކަން ހޯއްދަވައި ދެއްވިއެވެ. ކޮނެމެއަކަސް ޙުރުމަތްތެރިވެގެންވާ މައްސަރުތައް ކުރިއަށް ފަހަތަށް ޖެއްސުމުގެ ވެރިކަން އާލު ޞަފްވާން (آل صفوان) އަށާއި ޢަދުވާން (عدوان) ދަރިކޮޅަށާއި އަދި މުއްރަތު ބުނު ޢަވްފު (مرة بن عوف) ގެ ދަރިކޮޅަށް ކުރިންވެސް އޮތް ފަދައިން ބޭއްވިއެވެ. މިއީވެސް ދީނީ ކަމެއްކަމުގައި ޤުޟައްޔު (قصى) ދެކެވަޑައިގަންނަވައެވެ. އެއިން ކަމަކަށް ބަދަލު ގެންނެވުން ރަނގަޅު ނޫން ކަމުގައި ދެކިވަޑައިގެންނެވިއެވެ.
ޤުޟައްޔު (قصى) ކުރެއްވި ބޮޑެތި ކަންތައްތަކުގެތެރެއިން ގެފުޅުގެ އުތުރު ފަރާތުގައި ދާރު އަންނަދުވާ (دار الندوة) ބިނާ ކުރެއްވުން ހިމެނެއެވެ. އެ عِمارة ގެ ދޮރު ގެފުޅައް ކުރިމަތިވާގޮތަށް ބެހެއްޓެވިއެވެ. އަދި އެތަނަކީ ޤުރައިޝް (قريش) ންނަށް ބޮޑެތި ކަންކަމާ މެދުގައި މަޝްވަރާކުރާ ތަނެއްކަމުގައި ހެއްދެވިއެވެ. ރިޔާސީ ޝަރަފުވެރި ބޮޑެތި ކަންތައްތޔައް ޤުޟައްޔު (قصى) ބާރުގެ ދަށުގައި ބޭއްވެވިއެވެ.
މި ސިޔަރަތަކީ ރާބިޠަތުލް ޢާލަމިއްޔާގެ ފަރާތުން رسول الله صلى الله عليه وسلم ގެ މައްޗަށް އެންމެ ފުރިހަމައަށް ސިޔަރަތު ލިޔުނު ފަރާތަކަށް ދިނުމަށް ހުޅުވާލި ނޯބަލް އިނާމު ލިބުނު ސިޔަރަތު އައްރަޙީޤު އަލް މަޚްތޫމް (الرحيق المختوم) މި ސިޔަރަތު ލިޔުއްވީ އިންޑިއާގެ ޢިލްމުވެރިއެއްކަމަށްވާ ޞަފިއްޔުއް ރަޙްމާން އަލްމުބާރަކް ޕޫރީ އެވެ. ދިވެހި ބަހަށް ތަރްޖަމާ ކުރެއްވީ ފަޟީލަތުއްޝައިޚް އަލް އުސްތާޛް ޢުޘްމާން ޢަބްދުﷲ އެވެ.
ސިޔަރަތުގެ އޯޑިއޯ:
(ނުނިމޭ….)