ޅައިމަގުގައި ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ޅައިމަގުގައި މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ނިންމައި ބައިވެރިނަން ސެޓް ފިކެޓް ހަވާލު ކޮފިއެވެ. ރޭ ޅައިމަގު ސްކޫލްގައި ބޭވި ޙަފުލާއެއްގައި ބައިވެރިނަން ސެޓްފިކެޓް ބައްސަވައި ދެއްވީ ށ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އާއި އެކައުންސިލްގެ ޑިރެއްޓަރ ޖެނަރަލް މުހައްމަދު ހަލީމްއެވެ.

މިއީ އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އާއި ކައުންސިލާއި އަތޮޅު ކައުންސިލް އަދި އެގްރޯނެޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ކޯހުގައި ކިވައިދެއްވީ ދާއިރާގެ ގިނަ ތަޖުރިބާ ހުރި ތަޖުރިބާކާރުނެވެ.

އިޝްތިހާރު full width ad 1200 x 150

“ އަޅުގަނޑު ހީކުރީ ބުޅާމަރާ ކޯހެއް ހެން މިކަންތައްވެސް ދާނެކަމަށް… ، އެކަމު ވަރަށްތަފާތު، ވަރަށް މުހިއްމު މައުލޫމަތު ލިބުނު… ބޭސް ބޭނުން ކުރާނެގޮތް، ބަލިތަށް ދެނެގަނެވުން އަދި އޭގެ ފަރުވާތައް.. “ ޕްރޮގުރާމްގެ ބައިވެރި އަހްމަދު ސިނާން ސުއޫރު ފާޅުކުރައްވަމުން ވިދާޅުވިއެވެ.

ރޭގެ ހަފުލާއަށް ފަހު މި ނޫހަށް މައުލޫމަތު ދެއްވަމުން ޅައިމަގު ޑަބްލިއުޑީސީ ގެ ރައީސާ އާމިނަތު އަފްރާޙާ ވިދާޅުވީ މިފަދަ ކޯހެއް ހިންގުމަށް ބޫނުންވެ ރޭވިނަމަވެސް ފައިސާގެ ދަތިކަން ހުރުމުން އެކަން ފަސް ކުރަމުން ދަނިކޮށް ށ.އަތޮޅު ކައުންސިލުން މި ދަނޑުވެރި ކަމުގެ ކޯސް ހިންގުމަށް ފުރުސަތު ދެއްވުމުން އެކަމުގެ ބޭބުން ހިފީކަމަށެވެ.

“ އަޅުނޑު މެންނަން މިފަދަ ފުރުސަތެއް ދެއްވީތީ ށ.އަތޮޅު ކައުންސިލަށް ޚާއްސަ ޝުކުރެއް ދަންނަވަން… ، އަދި މި ރަށު ކައުންސިލުން ދެއްވާ އެއްބާރުލުންވެސް ފާހަގަ ކޮށް ޝުކުރު ދަންނަވަން“ ރައިސާ އާމިނަތު އަފްރާޙާ ވިދާޅުވިއެވެ.

މި މިޕްރޮގުރާމް ގައި ބައިވެރި ވުމަށް ހުޅުވާލުމުން 33 ފަރާތަކުން ބައިވެރި ވާން ނަންނޯޓު ކުރި ނަމަވެސް ކޯހުގައި އަމަލީގޮތުން ބައިވެރިވީ 31 ބައިވެރިން ކަމަށްވެސް އަފްރާޙާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.