މުދައްރިސުންނަށް ލައިސަންސް ދިނުމުގެ ޤަވާޢިދު އާއްމުކޮށްފި

މުދައްރިސުން ރަޖިސްޓްރީކޮށް، ލައިސަންސް ދިނުމުގެ ޤަވާޢިދެއް އެކުލަވާލުމަށްފަހު އާއްމުކޮށްފިއެވެ.

މި ޤަވާޢިދަކީ ރާއްޖޭގައި ހިންގާ ސްކޫލްތަކާއި، އަދި ކިޔަވައިދޭ އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާއި އަދި އެއާގުޅޭ ކަންކަން ބަޔާންކުރުމަށްޓަކައި އޮގަސްޓު 2021ގައި ޢަމަލުކުރަން ފެށި ތަޢުލީމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޤަވާޢިދުގެ މަޤުސަދަކީ ރާއްޖޭގައި ކިޔަވައިދޭ ސްކޫލްތަކާއި އަދި އެހެނިހެން ތަންތަނުގައި މަސައްކަތްކުރާ މުދައްރިސުން ރަޖިސްޓްރީކުރުމާއި، މުދައްރިސުންނަށް ލައިސަންސް ދިނުމާއި ގުޅޭ އިޖުރާއަތުތައް ބަޔާންކުރުމާއި، މުދައްރިސެއްގެ ގޮތުގައި ރަޖިސްޓްރީވެ، ލައިސަންސް ލިބުން ލާޒިމްވާ ފަރާތްތަކާއި، އެކަމުން އިސްތިސްނާވާ ފަރާތްތައް ބަޔާންކުރުމެވެ.

މި ޤަވާޢިދުގައި ވާގޮތުން، (ބިދޭސީ މުދައްރިސުންވެސް ހިމެނޭހެން) މުދައްރިސުންގެ އިތުރުން ޓިއުޝަން ދޭ ފަރާތްތަކާއި، ޓިއުޓަރުންވެސް މި ލައިސަންސް ނަގަންޖެހެއެވެ.

މުދައްރިސުންގެ ލައިސަންސް ހޯދުމަށްޓަކައި ފީ ތަކެއްވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން، ލައިސަންސް ދޫކުރުމާއި، ލައިސަންސްގެ ރޭންކު ބަދަލުކުރުމަށް ކަނޑައަޅާފައިވަނީ 400 ރުފިޔާގެ ފީ އެކެވެ. އަދި ކިޔަވައިދިނުމުގެ ވަގުތީ ލައިސަންސާއި، ޕްރޮވިޝަނަލް ޓީޗިންގެ ލައިސަންސް ދޫކުރުމަށްޓަކައި 200 ރުފިޔާގެ ފީއެއް ވަނީ ކަނޑައަޅާފައެވެ.

އަދި ދަރިވަރެއްގެ ސަލާމަތާއި ރައްކައުތެރިކަމާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ ޢަމަލެއް ކުރިކަމުގެ ތުހުމަތުގައި ނުވަތަ މުޖުތަމަޢުގެ އަމަންއަމާންކަން ގެއްލޭފަދަ ޢަމަލެއް ކޮށްފިނަމަ ލައިސަންސް ހިފެހެއްޓުމުގެ ބާރު ޓީޗަރސް ރަޖިސްޓްރޭޝަން ބޯޑަށް ލިބިގެން ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.