ޅައިމަގު ހޭންޑްބޯލް ޗެލެންޖް 2023: 2 ވަނަ މެޗު ކަސަބު ކާމިޔާބު ކޮށްފި

ޅައިމަގު ކައުންސިލް ސްޕޯޓްސް ފިއެސްޓާ، ހޭންޑްބޯލް ޗެލެންޖް 2023 ދެވަނަ މެޗު ކަސަބުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު ޅައިމަގު ފުޓްސަލް ދަނޑުގައި ވުލްވްސް އެސްސީއާ ވާދަކޮށް ކަސަބުން މެޗު ކާމީޔާބު ކުރީ 13 ލަނޑު 6 ލަނޑުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކަސަބު ޓީމުން 13 ލަނޑު ކާމިޔާބު ކުރިއިރު އައިމިނަތު އަފީޝާ 9 ލަނޑު ކާމިޔާބު ކޮށްދިނެވެ. ރުގިއްޔާ ޝާނާ 3 ލަނޑު ކާމިޔާބު ކުރި އިރު ޒުލޭހާ ޝާހީނާ ވަނި ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. ވުލްވްސް އެސްސީއަށް 6 ލަނޑުވެސް ކާމިޔާބު ކޮށްދިނީ އައިޝަތު ސާއިނާއެވެ.

މިމެޗުގެ މޮޅު ކުޅުތެރިއަކަށް ހޮވުނީ ކަސަބު ޖޯޒީ ނަންބަރު 25 އާމިނަތު އީއުމީ ހުސައިންއެވެ. އޭނާ ވަނީ ނުރައްކާތެރި އެތަށް ހަމަލާއެއް ގޯލަށް ވަނަނުދީ ހިފަހައްޓާފައެވެ.

IMG 2298 1 scaled

މިވަގުތު ކަސަބު އަދި ޓީމް ސާހިބާ 3 ޕޮއިންޓުން އެއްވަރު ވެފައި ވީނަމަވެސް ފައިދާ 8 ގޯލާއެކު ޓީމް ސާހިބާ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތީ ސާހިބާއެވެ. ވުލްވްސް އޮތީ މައިނަސް 7 ގޯލާއެކު 3 ވަނައިގައެވެ.

މި މުބާރާތުގެ މެޗެއް މިއަދު ހަވީރު 16:50 ގަައި ކުޅެވޭނެއެވެ. މި މެޗުގައި ބައްދަލުކުރަނީ ވުލްވްސް އެސްސީ އަދި ޓީމް ސާހިބާ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.