މޫނު ބުރުގާ އަޅާ މުދައްރިސުންގެ ޙައްޤުގައި އިޙްތިޖާޖު ކޮށްފި

މޫނުބުރުގާ އެޅި ކަނބަލުންގެ ޙައްޤުތައް ސަރުކާރުން ދަނީ ނިގުޅައިގަންނަމުން!

މޫނު ބުރުގާ އަޅާ މުދައްރިސުންނާއި ކަނބަލުންގެ ޙައްޤުގައި އެއްވުމެއް ބާއްވައިފިއެވެ. އެ އެއްވުން ބާއްވާފައިވަނީ ކާނިވާ ސަރަޙައްދުގައި މިއަދު ހަވީރު 4:15 އިން ފެށިގެން ގާތްގަނޑަކަށް 6:15 އަށެވެ. މިއެއްވުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އައު އުސޫލުގައި މޫނު އެޅުން މަނާކޮށް، ކިޔަވައިދެވޭނީ ކާކުކަން އެނގޭ ގޮތަށް ކަމަށް ބުނެ ޢާއްމު ކުރި ސުލޫކީ މިންގަނޑާއި ގުޅިގެން އެކަމަށް އިޙްތިޖާޖުކޮށް ބޭއްވި އެއްވުމެކެވެ.

IMG 20230729 213632 847 jpg

އިޝްތިހާރު Below Header ad

އެ އިހްތިޖާޖުގެ ޑިމާންޑެއްކަމަށް ބުނެފައިވަނީ މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެމާނަ ދޭހަވާ ގޮތަށް އޮތް މާއްދާ އުވާލައި ސާފު ނައްސުން މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ކަމާއި ތައުލީމް ދެވޭނެކަމަށް އުސޫލުގައި ބަޔާންކުރުމެވެ.

IMG 20230729 213632 751 jpg

ސަރުކާރުން މިދިޔަ ހޯމަ ދުވަހު ގެޒެޓްކޮށް އަމަލު ކުރަން ފަށާފައިވާ މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު ހުންނަންވާނ،ީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށް ވަނީ ބަޔާން ކޮށްފައެވެ.

މާލޭގެ އިތުރުން ހދ. ނެއްލައިދޫ އަދި ކުރިނބީގައިވެސް މިއަދު ވަނީ އެ އިޙްތިޖާޖު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.