![IMG 20230731 091450 jpg](/wp-content/uploads/2023/07/IMG_20230731_091450-jpg.webp)
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަންމާފުޅު، ނ. ވެލިދޫ، ފާތިމަތު ހަސަން (ފާތަމަނިކެ) އަވަހާރަވެއްޖެއެވެ. އަވަހާރަވިއިރު އެކަމަނާގެ އުމުރުފުޅަކީ 86 އަހަރެވެ.
އެކަމަނާ އަވަހާރަވީ، ސިއްހީ ހާލުކޮޅު ދެރަވެގެން ފަރުވާދެމުން ދަނިކޮށް އަވަށްޓެރި ސްރީލަންކާގައެވެ. ސިއްހީ ހާލުކޮޅު ދެރަވުމުގެ ސަބަބުން އެކަމަނާ ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަދުވަސްތަކެއް ވަނީ ވެފައެވެ.
ފާތިމަތު ހަސަންގެ ހަ ބޭފުޅުން ދުނިޔޭގައި ތިއްބެވިއިރު، ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދެވީ ދަރިކަނބަލުން މުސްލިމާ އަބްދުލްގައްޔޫމާ އެކުގައެވެ. އެކަމަނާއަކީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު، މުހައްމަދު އަބްދުﷲ ޝަފީގުގެ ބޮޑުދައިތާފުޅު ވެސް މެއެވެ.
އެކަމަނާ އަވަހާރަވީ، އިރު ޔާމީންގެ އިތުރުން ފަސް ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ.