ގެއްލިގެން ހޯދަމުން ދިޔަ ކުޑަ އަންހެން ކުއްޖާ ފެނިއްޖެ
އިއްޔެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ ކުޑަ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ ރ. މާކުރަތަށް ނިސްބަތްވާ އައިޝާ ބިންތް މަހުދޫހު ރިޔާޒެވެ.
އެ ކުއްޖާގެ އާއިލާއިން މީޑިއާތަކަށް އޭރު މައުލޫމާތު ދިން ގޮތުގައި އައިޝާ ހޯދަންފެށީ އިއްޔެ އިރުއޮއްސި 6 ޖަހާކަށް ހާއިރު އާއިލާ ދިރިއުޅޭ ހިޔާ ފްލެޓުން ނުކުމެގެން ބޭރަށް ދިޔަގޮތަށް ޚަބަރެއް ނުވެގެންނެވެ.
މައްސަލައާ ގުޅިގެން ފުލުހުންބުނީ ކުއްޖަކު ގެއްލިގެން އުޅޭކަން ފުލުހަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 12:58 ހާއިރު ކަމަށާއި މިހާރު ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ފުލުހުން މެންދުރު ކުރި ޓުވިޓެއްގައިވަނީ މިއަދު މެންދުރު 01:44 އެހާކަށް ހާއިރު މާލެއިން ކުއްޖާ ފެނިފައިވާކަަމަށާއި އަދި ކުއްޖާގެ ހާލު ރަނގަޅުކަމަށް ބުނެ މައުލޫމާތުދީފައެވެ