މޫނުބުރުގާ އެޅި މުދައްރިސުންގެ ސުލޫކީ މިންގަނޑުގެ އުޞޫލަށް ބަދަލު ގެނެސްފި!

މިހާރު މޫނުބުރުގާ އަޅައިގެން ކިޔަވައިދެވޭނެ!

ދާދި ފަހުން އެކުލަވާލައި ނެރެފައިވާ މުދައްރިސުންގެ ސުލޫކީ މިންގަނޑާ ގުޅޭ އުޞޫލަށް ފުރަތަމަ އިޞްލާޙު ގެނެސްފިއެވެ. މިގޮތުން އިޞްލާޙު ގެނެސްފައިވަނީ އެ މިންގަނޑުގެ 9 ވަނަ މާއްދާއަށެވެ.

މިއީ ކިޔަވައިދޭއިރު ކާކުކަން އެނގޭގޮތަށް މުދައްރިސުން ތިބެން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މާއްދާއެވެ. ކުރީން މިމާއްދާ އޮތް ގޮތުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދެއްވާ މުދައްރިސުންގެ ޙައްޤު ގެއްލޭ ކަމަށް ބުނެ މޫނުބުރުގާ އެޅި މުދައްރިސުން ވަނީ ޝަކުވާކޮށްފައެވެ. އަދި މިކަމާއ ގުޅިގެން އުޚްތުން ވަނީ އިޙްތިޖާޖުވެސް ކޮށްފައެވެ.

އިޝްތިހާރު Below Header ad

 

މިމާއްދާގެ (ކ) އަށް ގެނެސްފައިވާ ބަދަލުގައި ވަނީ، އުމުރުން 10 (ދިހައެއް) އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭ، މޫނުބުރުގާ އަޅާ މުދައްރިސުން މޫނު ހާމަ ކުރުމަށް އެކަށީގެންވާ މާޙައުލެއްގައި ކިޔަވައިދޭއިރު ދަރިވަރުންގެ ކުރިމަތީގައި ހުންނަންވާނީ، ކާކުކަން އެނގޭ ގޮތަށް ސްޓާފް ކާޑު އަޅައިގެން، މޫނު ފެންނަ ގޮތަށް ކަމަށެވެ. އަދި މޫނުބުރުގާ އަޅާ މުވައްޒަފުން ދަރިވަރުންނާ މުޢާމަލާތުކުރާ ހުރިހައި ވަގުތެއްގައި ހުންނަންވާނީ ސްޓާފް ކާޑު އަޅައިގެން ކަމަށެވެ.

 

މިއުސޫލަށް ޢަމަލުކުރަން ފެށުމަށް ހަމަ ޖެހިފައިވަނީ، މި އުސޫލު ގެޒެޓުގައި ޝާއިޢު ކުރާ ތާރީޚުން ފެށިގެނެވެ. މިގޮތުން މި އުސޫލު ގެޒެޓުގައި ޝާޢިއު ކޮށްފައިމިވަނީ، 22 އޯގަސްޓް 2023 (މިއަދު) 17:30 ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.