އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އުފަލުގައި މިރޭ ހަވާއަރުވަނީ
އިހަވަންދޫ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އުފަލުގައި މިރޭ ހަވާ އަރުވަން ނިންމައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަވާ އެރުވުން އޮންނާނީ އިހަވަންދޫ ހިއްކި ބިމުގައި މިރޭ 20:15 ގައެވެ.
އިހަވަންދޫގައި އަޅަން ހަމަޖެހިފައިނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މީގެއިތުން މިޕްރޮޖެކްޓްގެ ދަށުން އެކޮމަޑޭޝަން ބްލޮކަކާ ސާވިސް ބިލްޑިންގް އެއްވެސް އިމާރާތްކުރަން ވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރަމުން ދަނީ ކޮންޓްރެކްޓް ފައިނޭންސްގެ އުސޫލުން ޑުޕްލެކްސް އާއި ހަވާލުކޮށްގެނެވެ