މާރިޔާ ދައްކަމުން ދިޔަ ދޮގުވާހަކަތައް ތަކުރާރުވާ ނަމަ އިތުރަށް އެމްޑީޕީގެ ނަތީޖާ ދަށްވާނެ: ޑރ.ޝަހީމް

ހަރުކަށި ފިކުރާ ގުޅުވައިގެން ޑރ. މުއިއްޒާއި އަނބިކަނބަލުން ސާޖިދާގެ އިންސާނީ ކަރާމަތަށް އުނިކަން ގެނުވައި ސަލާމަތަށް ނުރައްކާވާގޮތައް ކޮންމެ ދުވަހަކުހެން މާރިޔާ ދައްކަމުން ދިޔަ ދޮގުވާހަކަތައް ތަކުރާރުވާ ނަމަ އިތުރަށް އެމްޑީޕީގެ ނަތީޖާ ދަށްވާނެ ކަމަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ.ޝަހީމް މިހެން ވިދާޅުވެފައިވަނީ އެންޓި ކެމްޕެއިން ސްޓްރެޓެޖީ ބަދަލު ކުރަން ޖެހޭ ކަމަށް ނޫހެއްގައި ލިޔެފައިވާ ލިޔުމެއް ހުއްސާ ކުރައްވަމުންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނުގައި، ޑިފެންސް މިނިސްޓަރު މާރިޔާގެ މުޅި ހުރިހާ ވާހަކަފުޅުތަކެއް ބިނާވެފައި ހުރީ ޑރ.މުޢިއްޒުއާއި ހަރުކަށި ފިކުރާއި ގުޅުވުމާއި، ޖަމިއްޔަތުއް ސަލަފާއި ޕީއެންސީ ގުޅުވައި، ހަރުކަށި ފިކުރަށް ނިސްބަތްކޮށް މުޢިއްޒުއާއި އެންޓި ކެމްޕޭން ކުރުމަށްކަމުގައި ވަނީ ވަރަށް ބޮޑަށް ފާޅުވެފައެވެ. އަދި މިކަމުގެ ފާޑު ކިޔުންތައްވެސް މާރިޔާއަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ދެވަނަބުރާއި ދިމާކޮށް މުޢިއްޒުއާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރުމުގެ ޙަރަކާތްތައް ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން އިތުރުކުރަމުން އަންނަކަންވެސް ދަނީ ފާހަގަކުރެވެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.