މުސާރަ ބޮޑުވާނީ ރައީސް ޞާލިޙު ހޮވިގެން: ޢިމްރާން

ދައުލަތުގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނީ ރައީސް ސޯލިހު އިންތިޚާބު ކޮށްގެން ކަމަށް، ހޯމް މިނިސްޓަރު އަދި އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅެއްގެ ވީޑިއޯކޮޅެއް، އެކްސްގެ ޕޯސްޓެއްގައި ހިއްސާކުރަމުން އިމްރާން ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނީ މިހާރުގެ ރައީސް ޞާލިހު އިންތިޚާބު ކޮށްގެން ކަމަށެވެ.

އިޝްތިހާރު Below Header ad

ޢިމްރާން ހިއްސާކުރި ވީޑިއޯ ކްލިޕްގައި ރައީސް ސޯލިހު ވިދާޅުވަނީ ދެން ފާސްކުރެވިގެން އަންނަ ބަޖެޓާއެކު، އަންނަ ޖެނުއަރީ މަހުން ފެށިގެން ހުރިހާ ދާއިރާއެއްގައި މަސައްކަތްކުރާ އެއްމެންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި، އޭގެ ތެރޭގައި، ސިފައިންނާއި، ފުލުހުންނާއި، ކަސްޓަމްސް ސާވިސް އާއި، އިމިގްރޭޝަނާއި، ސިވިލް ސާވިސްގައި މަސައްކަތްކުރާ ހުރިހާ މުވައްޒިފުންނާއި، ޖުޑީޝަރީގައި މަސައްކަތްކުރާ މުވައްޒިފުންގެ މުސާރަ އަށް ހެޔޮ، ރަގަޅު ބަދަލެއް އަންނާނެ ކަމަށެވެ.

އިމްރާން މިހެން ވިދާޅުވިއިރު، މިހާރުގެ ސަރުކާރުން ހިންގަމުންދާ ނޭޝަނަލް ޕޭ ހާމަނައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް، ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން މި ދެދާއިރާގައި ހަރަކާތްތެރިވާ ފަންނީ އަދި އިޖުތިމާއީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ވަނީ ނޭޝަނަލް ޕޭ ހަމަނައިޒޭޝަނަށް ހިޖުރަ ކުރުވާފައެވެ.

މިއާއެކު، މުވައްޒިފުންގެ ވަޒީފާ އަދާކުރަމުން ދިޔަ ބައެއް މަގާމުތައް އުވި، އައު މަގާމުތަކެއް އުފެދި، އެހެންނަމަވެސް އެމަގާމްތަކާއެކު އިތުރު ޝަރުތުތަކެއް ހުރި ކަމަށް ބުނެ، މި ދެދާއިރާގެ ފަރާތުންވެސް ކަންބޮޑުވުން ފާޅުކޮށް، ރައީސް ސޯލިހަށް ޕެޓިޝަންތަކެއް ހުށަހެޅިއެވެ. އަދި މި ދެޕެޓިޝަނުގައިވާ ކަންކަން ބެއްލެވުމަށް ފަހު، އެ ޕެޓިޝަންތަކުގައި ފާހަގަކޮށްފައިވާ ގޮތަށް މުސާރައަށް ބަދަލު ގެނެސްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ ބުނެފައެވެ. އަދި އެކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް މި ނިމުނު ހަފްތާގެ ތެރޭގައި ރައީސް ސޯލިހު އަންގަވާފައިވާކަމަށްވެސް މިއުވާން ވަނީ ބުނެފައިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕޭނުގެ ހަރަކާތްތައް، އެމްޑީޕީ އާއި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ވެސް ވަރަށް ފޯރީގައި އަންނަނީ ކުރަމުންނެވެ. ދެވަނަ ބުރުގެ ވޯޓު ލުން އޮންނާނީ މި މަހުގެ 30 ވަނަދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.