ފުރަތަމަ ހާފުގައި ބަލިވީ 3 ލަނޑު 1 ލަނޑުން، ދެވަނަ ހާފުގައި މޮޅުވާނީ 5 ލަނޑު 2 ލަނޑުން: އިބޫ ޞާލިޙް

އަޅުގަނޑުމެން މިތިބީ މެޗަކަށް ނުކުމެ ކަމަށާއި، ފުރަތަމަ ހާފު ނިމުމަކީ މެެޗު ނިމުން ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު އިބޫ ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ސޯސަން ޖަގަހައިގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރިޔާސީ އިންތިހާބު، ފުޓްބޯޅަ މެޗެއްގެ ގޮތުގައި ސިފަކުރައްވަމުން ރައީސް ވިދާޅުވީ ބައެއް ފަހަރު ފުރަތަމަ ހާފްގައި 3 ލަނޑު 1 ލަނޑުން، 4 ލަނޑު 1 ލަނޑުން ބަލިވެ، އެއްބަޔަކު މޮޅުވާ ކަމަށެވެ. އެގޮތުން ބަލާނަމަ އެބޭފުޅުން މިއަދު އެތިބީ 3 – 1 ގެ ތަފާތަކުން ބަލިކޮށް ކަމަށެވެ. ނަމަވެސް ދެވަނަ ހާފުގައި އިތުރަށް ދެލަނޑު ޖަހައި މޮޅުވާނީ 5 ލަނޑު ދެލަނޑުން ކަމުގައި އިބޫ ވިދާޅުވިއެވެ.

އިޝްތިހާރު Below Header ad

އާދެ އަޅުގަނޑުމެން ނިކުމެ މިތިބީ މެޗަކަށް. ފުރަތަމަ ހާފް ނިމިއްޖެ. ފުރަތަމަ ހާފު ނިމުމަކީ މެޗު ނިމުމެއް ނޫން. ބައެއް ފަހަރު ފުރަތަމަ ހާފްގައި 3 ލަނޑު 1 ލަނޑުން، 4 ލަނޑު 1 ލަނޑުން ބަލިވެ. އެއްބަޔަކު މޮޅުވެ. އަޅުގަނޑުމެން މިއަދު މިތިބީ އެގޮތުން ބަލާނަމަ 3 – 1 ގެ ތަފާތަކު. އިރާދަ ކުރެއްވިއްޔާ ދެވަނަ ހާފުގަ އެވަރަށް ހަމަކޮށް، އިތުރަށް ދެލަނޑު ޖަހާ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ 5 ލަނޑު ދެލަނޑުން އިރާދަކުރެއްވިއްޔާ މިމެޗު އަޅުގަނޑުމެން ކާމިޔާބު ކުރާނީ.

އިބޫ ޞާލިޙުވިދާޅުވިއެވެ.

ހާފް ޓައިމްގައި އަޅުގަނޑުމެން ޗޭންޖިން ރޫމަށް ވަދެ ރާވާލައިފިން. ދެވަނަ ބުރު އަޅުގަނޑުމެން ކުޅޭނެ ގޮތް އިންތިޒާމު ކޮށްލައިފިން. ބައެއް ފަހަރު ބައެއް މަގާމުތަކަށް ކުޅޭ މީހުން ބަދަލުވެސް ކޮށްލައިފިން، ބުންވަރު ހުރި މީހުން އަޅުގަނޑުމެން ކުރިއަށް ނެރެފިން. މިހާރު މި ދަނީ އެޓޭކު މޯޑުގައި. އިރާދަކުރެއްވިއްޔާ ގޯލު ދެން ޖަހާނީ. ގޯލަކަށް ފަހު ގޯލެއް، ގޯލަކަށް ފަހު ގޯލެއް، އަޅުގަނޑުމެން ދެން ޖަހާނީ

ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ބަނގުރޫޓުވެފައިވާ ގައުމެއް ކަމަށް ބުނެފައި އިދިކޮޅުން ބޮޑެތި ވައުދުތަކެއް ވަމުންދާ ކަމަށެވެ. އޭގެ މަގުސަދަކީ ރައްޔިތުންނަށް އޮޅުވާލައިގެން ވެރިކަމަށް އައިސް، އަނިޔާވެރިކަމާއި ބިރުވެރިކަން ރާއްޖޭގައި ފެތުރުން ކަމަށާއި އެކަން ވިޔަދީގެން ނުވާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 2 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

    1. ތިޔަކަހަލަ ޗެލެންޖް ނުކުރޭ. ބިންމަތީގަ ކިބުރުވެރިނުވޭ، މިބިންމަތީ ތިހިނގަނީ ކާކުގެ ބާރުވެރިކަމުގަތޯ.
      އިންޑިއާގެ ބާރާއި، މަދަދުގާތަ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.