ގިނައިން ރީ ރަޖިސްޓްރީ ކުރުމަކީ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭ ކަމެއް ނޫން: އެމްޑީޕީ

އިންތިޚާބެއްގައި ވޯޓުލުމަށް ގިނަ ބަޔަކު ރީ ރަޖިސްޓްރީ ކުރުމަކީ އެ އިންތިޚާބެއްގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫން ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތަރުޖަމާނު އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވަން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި ދެ ދުވަހުގެ ތެރޭގައި 25،493 މީހުން ވަނީ ރީ ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހަޅައިފައެވެ. މިކަމާ ގުޅިގެން އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެކަމަކީ ހުރިހާ ސިޔާސީ ޕާޓީތަކާއި އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކަމާގުޅޭ ފަރާތްތަކުން ސީރިއަސްކޮށް ބަލަންޖެހޭ ކަމެއް ކަމަށެވެ.

އިޝްތިހާރު Below Header ad

މި ވާހަކަތަކާ ގުޅިގެން “ރާއްޖެ ޓީވީ” އަށް މައުލޫމާތު ދެއްވަމުން އަނަސް ވިދާޅުވީ ގިނަ ބަޔަކު ރީ ރަޖިސްޓްރީ ކުރުމަކީ ކޮންމެ އިންތިޚާބެއްގައި ވެސް ރަނގަޅު ކަމެއް ކަމަށެވެ. އެއިން އެނގެނީ ގިނަ ބަޔަކު ވޯޓުލާން ބޭނުންވާކަން ކަމަށާއި ގިނަ ބަޔަކު ވޯޓުލުމުގެ ސަބަބުން އެއްވެސް ޕާޓީއަކުން އަދި ހާއްސަކޮށް އެ އިންތިޚާބެއްގައި ވާދަކުރައްވާ ކެންޑިޑޭޓަކު ކަންބޮޑުވާން ޖެހޭކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ގިނަބަޔަކު އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ޕާޓީތަކުންނާއި ކެންޑިޑޭޓުންވެސް ބާރު އަޅަން ޖެހޭ ކަމަށެވެ. އަދި ގިނަ ބަޔަކު ވޯޓުލުމުން އިންތިޚާބުން މޮޅު ނުވެދާނެ ކަމަށް ޖެހިލުންވުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ވިސްނުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މަދުބަޔަކު ވޯޓުލައިގެން މޮޅުވާން މަސައްކަތް ކުރުމަކީ ވެސް ޑިމޮކްރަސީއާ ދުރު ވިސްނުމެއް ކަމަށާއި ފުރަތަމަ ބުރުގައި ރީރަޖިސްޓްރީ ނުކުރެވުނު ގިނަބަޔަކު ތިބި އިރު ހުރިހާ ޕާޓީއަކުން ވެސް މަސައްކަތް ކުރަންވީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދު އިތުރުކުރުމަށް އެއްބާރުލުން ދިނުމަށް ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

އީސީން ހާމަކޮށްފައިވާގޮތުގައި ދެ ދުވަހުގެ ތެރޭގައި ރީ ރަޖިސްޓްރީވުމަށް އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 18،349 ފޯމު ހުށަހަޅާފައިވަނީ އޮންލައިންކޮށެވެ. އެ ކޮމިޝަނުން އޮންލައިންކޮށް ރަޖިސްޓްރީ ކުރާއިރު ވަގުތުން ނަގާފައިވާ ފޮޓޯއެއް ބޭނުންވާއިރު އަމިއްލަ ފަރާތްތަކުން ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ އެ ފޯމުގައި އިންނަ ނަންބަރަށް ގުޅައިގެން މައުލޫމާތު ކަށަވަރު ކުރުމަށްފަހުއެވެ. މިގޮތަށް ބަލައި މައުލޫމާތު ފުރިހަމަ ނޫން 1546 ފޯމު ރިޖެކްޓް ކޮށްފައިވާ ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރީ ރަޖިސްޓްރީވުމުގެ ފުރުސަތު އީސީން ހުޅުވާލާފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން ހުކުރު ދުވަހުގެ މެންދުރު 3:00 އިން ފެށިގެން މިއަދު ހަވީރު 4:00 އާ ހަމައާ މި ފުރުސަތު ވަނީ ހުޅުވާލާފައެވެ. ސުންގަޑީގެ ކުރިން ފޯމު ހުށަނާޅައިފިނަމަ ދެން އެފުރުސަތު ލިބުމަކީ ނާދިރު ކަމެއް ކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ. އެހެންވެ، ކޮންމެ މީހަކުވެސް އެ މީހަކު ވޯޓުލާން ރަޖިސްޓްރީވެފައިވާތަން ޗެކް ކުރުމަށް އީސީން އިލްތިމާސްކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ވޯޓް ވަގު ވައްކަން ކުރާނެ ތީ އަހަރެމެން ކަން ބޮޑު ވަނީ ރިޔާސީ އިންތިޚާބް ދެވަނަ ބުރުވެސް ވަގައްނަގަން ތިއުޅެނީ

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.