އެމްޑީއޭއަށް ޝުކުރު އަދާކުރައްވައި ފައްޔާޒު ވިދާޅުވީ އަޒުމު ނުގުޑާނެ ކަމަށް

އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ރޫޅާލައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭއިން މިރޭ ނިންމި ނަމަވެސް އެމްޑީޕީގެ އަޒުމަށް ބަދަލެއް ނާންނާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.

ފުރަތަމަ ބުރުގައި އެމްޑީޕީއާ އެކު އެ ޕާޓީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރި އެމްޑީއޭގެ ގައުމީ ކައުންސިލުން މިރޭ ވަނީ އެ ކޯލިޝަން ރޫޅައިލަން ނިންމައިފައެވެ. އަދި، ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގެ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ނިންމައިފައެވެ.

އިޝްތިހާރު Below Header ad

އެ ކަމާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްވައި އިކޮނަމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒު ވަނީ ފުރަތަމަ ބުރުގެ ކެމްޕޭންގައި އެމްޑީއޭއިން ކޮށްދެއްވި މަސައްކަތް ފާހަގަކޮށް، އެ ކަމަށް ޝުކުރު އަދާ ކުރައްވައިފައެވެ.

އެމްޑީޕީއަކީ އަބަދު ވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއް. ބަލިކޮށް ނުލެވުނު ހިތްވަރު. ގުޑުވާނުލެވުނު އަޒުމު. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،

ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީއޭއިން ބުނީ، އެ ޕާޓީން ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ނިންމީ ރައްޔިތުންގެ ނިންމުމަށް އިޙްތިރާމު ކުރުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ސަރުކާރުގައި ހުރެ ރައީސް ޞާލިޙަށް ލިބިވަޑައިގެން ވޯޓަށް ވުރެ 15،000 އަށްވުރެ ގިނަ ވޯޓު މުއިއްޒު ހޯއްދެވުމުން ރައްޔިތުންގެ ނިންމުން ސާފު ކަމަށް އެ ޕާޓީން ބުންޏެވެ. އެހެންވެ، ގައުމަށް ޚިދުމަތް ކުރެވޭނީ މުއިއްޒަށް ތާއީދު ކޮށްގެން ކަމަށް ފެންނާތީ އެ ގޮތަށް ނިންމީ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.