ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކުރަމުން ދަނީ!

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ޑރ.މުޢިއްޒު ކާމިޔާބު ކުރެއްވުމާއި އެކު، ޕީޕީއެމް އޮފީސް ދޮރުމައްޗަށް ގިނަ ޢަދަދެއްގެ މީހުން އެއްވެ މުޒާހަރާ ކުރަމުން އެބަ ދެއެވެ.

މުޒާހަރާގެ ބައިވެރިން ދަނީ މުޢިއްޒު ހޮވުމުން އުފާ ފާޅުކުރުމާއި އެކު، ރައީސް ޔާމީން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެއްވެ ތިބި މީހުން ބުނަމުން ދަނީ މުޒާހަރާ ނުހުއްޓާނެ ކަމަށާއި، ގެއަށް ވަންނާނީ ރައީސް ޔާމީން ދޫކޮށްލުމުން ކަމަށެވެ.

އިޝްތިހާރު Below Header ad
IMG 3905
މުޒާހަރާގެ ބައިވެރިން – ފޮޓޯ: އެޓޯލްނިއުސް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މުޢިއްޒު ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. މުޢިއްޒުގެ ކެމްޕެއިނުގައި އެންމެ ބޮޑަށް ވިދާޅުވަމުން ގެންދެވީ ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށާއި، ޝަރުޢީ އިމުގެ ތެރެއިން، މިނިވަން ކުރެވެންދެންވެސް ރައީސް ޔާމީން ގެއަށްވެސް ބަދަލު ކުރައްވާނެ ކަމަށެވެ.

މުޒާހަރާ ކުރާ ސަރަޙައްދުގައި ފުލިހުންވެސް ގެންދަނީ ފޯރިމަރަމުންނެވެ. ނަމަވެސް މުޒާހަރާއާއި ދެކޮޅަށް އަދި ފުލިހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.