ރާއްޖޭގައި ތިބި ބޭރު ސިފައިން ފޮނުވާލާނަން: ޑރ.މުއިއްޒު

ޑިޕްލޮމަސީގެ ރީތި އުސޫލުގެ ތެރެއިން ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ ސިފައިން ރާއްޖެއިން ފޮނުވާލައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އިޝްތިހާރު Below Header ad

އިންތިޚާބު ކާމިޔާބުކުރައްވާ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އިސްކުރާނީ ދިވެހި ޤައުމުކަމަށެވެ.

 

އަދި ދިވެހި ޤައުމުގެ ސިޔާސަތުތަކަށް ޤައުމުތަކުން ބޯލަނބާނަމަ އެޤައުމުތަކާއެކު ގާތްގުޅުމެއް ބާއްވަވާނެ ކަމަށް ވިދާޅުވަމުން ޑރ.މުޢިއްޒު ވިދާޅުވީ، އޮންނަ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ ސިފައިން ފޮނުވާލައްވާނެކަމަށެވެ.

 

ޑރ.މުޢިއްޒު ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުން ރައްޔިތުން ގޮތް ނިންމައިފިކަމަށެވެ. އެނިންމުމުގައިވެސް ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ތިބެން ދިވެހިން ނޭދޭކަން ހާމަވާ ކަމަށެވެ.

 

މުއިއްޒު ވިދާޅުވީ ބަވަނަ ވެފައިވާ ދުނިޔެއެއްގައި އެއްވެސް ޤައުމެއްގައި އެހެން ޤައުމެއްގެ ސިފައިން ތިބެން އެޤައުމަކުން ނޭދޭނަމަ އެނިންމުމަށް އެޤައުމަކުން އިހުތިރާމު ކުރާނެ ކަމަށެވެ. އެގޮތުގެ މަތިން ބޭރުގެ ސިފައިން ތިބެން ދިވެހީން ބޭނުންނުވާ ނަމަ، އެ ސިފައިން ވެސް ރާއްޖޭގައި ގާއިމުވެ ތިބެން ބޭނުން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށް އިޙްތިރާމްކުރާ ޤައުމުތަކާއެކު ވަރަށް ގާތްގުޅުމެއް އޮންނާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.