ސަރުކާރުން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަކީ މިއަދު ބަސްވިކޭ ޤައުމަކަށްވެއްޖެ: ރައީސް

ސަރުކާރުން ގެންގުޅުނު ޚާރިޖީ ސިޔާސަތުގެ ސަބަބުން ދިވެހިރާއްޖެއަކީ މިއަދު ބައިނަލްއަޤުވާމީ ދުނިޔޭގައިވެސް ބަސްވިކޭ ޤައުމަކަށްވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ މިހާތަނަށް ވެރިކަމެއްގައި ގެންގުޅެފައިވާ އެންމެ ރަނގަޅު، އަދި އެންމެ ގިނަ ޤައުމުތަކާއި ގުޅުން ބަދަހިވެގެން ދިޔަ ޚާރިޖީ ސިޔާސަތުކަމަށެވެ.

އިޝްތިހާރު Below Header ad

މިއީ އެންމެ ގިނަ ޤައުމުތަކާއެކުގައި ގުޅުން ބަދަހިވެގެން ދިޔަ ފޮރިން ޕޮލިސީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ރައީސް ވިދާޅުވީ، 5 އަހަރު ނިމިގެންދާއިރު، އެތެރޭގެ ސިޔާސަތަކާއި ގުޅިގެން އެއްވެސް ޤައުމަކުން އެއްވެސް ބަޔާނެއް ނެރެން ޖެހިފައިނުވާކަމަށެވެ.

އެއިން އެނގިގެންދަނީ ބޭރު ޤައުމުތަކާއިއެކު ގާތް ގުޅުމެއް ބޭއްވި، އޭގެ ފައިދާ މި ޤައުމަށްވެސް ކުރެވެމުންދިއުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ވަކިން ޚާއްސަކޮށް ތިމާވެށީގެ ދާއިރާގައިވެސް ދިވެހިންގެ ބަސް ބައިނަލްއަޤުވާމީ މަސްރަހުގައި މިހާރު ވިކޭކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، ބައިނަލްއަޤުވާމީ އެކިއެކި މަންސަތަކުގައި ރާއްޖޭގެ ބައިވެރިވުން މި ސިޔާސަތުގެ ދަށުން އިތުރު ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަވައްޓެރި ޤައުމުތަކާއެކު އަބަދުވެސް އޮންނަންޖެހޭނީ އިތުބާރު ހިފޭ، ބަދަހި ގުޅުމެއް ކަމަށެވެ. އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަވައްޓެރި އެކި ޤައުމުތަކާއެކު ރާއްޖެއިން ވެސް އެއްބަސްވުންތައް ވެފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.