ފަސްޓް ލޭޑީ ފަޒްނާއާއި އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ސާޖިދާ ބައްދަލުކުރައްވައިފި !

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު އާއި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ފަޒްނާއާ ސާޖިދާ ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ކަމަށެވެ.

އިޝްތިހާރު Below Header ad

އެ ބައްދަލުކުރެއްވުމުގައި، ރިޔާސީ އިންތިޚާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސާޖިދާއަށް ފަޒްނާ މަރުޙަބާ ދެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

FB IMG 1696839432629 jpg

ފަޒްނާއާއި ސާޖިދާ މިއަދު ބައްދަލުކުރެއްވި ނަމަވެސް، ވެރިކަން ބަދަލުވާއިރު ވެރިންގެ އަނބިކަނބަލުން ބައްދަލުކުރެއްވުމަކީ މީގެ ކުރިން ކުރެއްވި ކަމެއް ނޫނެވެ.

އިންތިޚާބުން ލިބިވަޑައިގަތް ކާމިޔާބީ އަށް ފަހު ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ ގޮތުން އިންތިގާލީ މަރުޙަލާގެ ކަންކަން މުއިއްޒުގެ ފަރާތުންނާއި ސަރުކާރު ގުޅިގެން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.