ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ ހުޅުމާލެ މެދު ދާއިރާއަށް އާދަމް އަޔާޒް ކުރިމަތިލައްވައިފި!

ޕީޕީއެމް ޕީއެންސީ ޕްރައިމަރީގެ ހުޅުމާލެ މެދު ދާއިރާއަށް އާދަމް އަޔާޒް ކުރިމަތިލައްވައިފިއެވެ. އާދަމް އަޔާޒް (އިމްނާ އެޑަމް)، މ.މުސްޠަފާ އާބާދު އަކީ މަޝްހޫރު އިމްނާ ކުންފުނީގެ ފައުންޑަރެކެވެ. މީގެ އިތުރުން އެޑަމް އަކީ ހުޅުމާލޭގެ މަޝްހޫރު ކެފޭއެެއް ކަމުގައިވާ އެޑަމްސް ބައިޓްގެ ވެެސް ވެރިޔާއެވެ.

2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުމުން 7 ޑިސެމްބަރު ވަނަ ދުވަހު އެޑަމް ވަނީ ފޯމު ހުށަހަޅުއްވާފައެވެ. އެޑަމް އަކީ 2019 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތެކެވެ. މީގެ އިތުރުން ހުޅުމާލެ މެދު ދާއިރާއަށް ކުރިމަތި ލެއްވުމަށްޓަކައި، ދާއިރާގެ ރައްޔިތުންނާއި މަޝްވަރާ ކުރައްވާ، ދާއިރާގެ ކަންކަން ބައްލަވައި މަޖިލިސް އިންތިޚާބަށް މީގެ ދުވަސްތަކެއް ކުރިން ފެށިގެން ތައްޔާރުވަމުން އައިސްފައިވާ ކަމުގައި އެޓޯލްނިއުސް އަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

އިޝްތިހާރު full width ad 1200 x 150

ބެލެވޭ ގޮތުގައި މިފަހަރުގެ ޕީޕީއެމް ޕީއެންސީ، މަޖިލިސް އިންތިޚާބުގެ ޕްރައިމަރީ ވެގެން ދާނީ ވަރަށްވެސް ވާދަވެރި އިންތިޚާބަކަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.