ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑުކޮށްފިި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ދަރިވަރުންނަށް ޑޮލަރު ނެގޭ ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރަން ނިންމައިފި އެވެ.

މިގޮތަށް ނިންމި މިއީ ރާއްޖެ އިން ބޭރުގައި ދިރިއުޅޭ މީހުން އެންމެ ބޮޑަށް ކުރާ އެއް ޝަކުވާ އަށް ހައްލެއް ހޯދައި ދޭން ގެންނަން ނިންމި ބަދަލެކެވެ. އެގޮތުން ދާދި ފަހުން ރައީސް ޑރ. މުހައްމަފު ޔޫއޭއީ އަށް ކުރެއްވި ދަތުރުގައި ވެސް ދިވެހިންގެ ފަރާތުން މިހާރު ކާޑް ލިމިޓްގެ ޝަކުވާ ހުށަހެޅުމުން އެކަމަށް އެދެވޭ އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

އިޝްތިހާރު full width ad 1200 x 150

މިހާރު ގައުމީ ބޭންކްގެ ކްރެޑިޓު ކާޑު މެދުވެރިކޮށް ނެގެނީ މަހަކު 750 ޑޮލަރެވެ. އަދި ޑެބިޓް ކާޑު ބޭނުންކޮށްގެން އަދިވެސް ބޭރުގައި ހިންގެނީ މަހަކު 250 ޑޮލަރުގެ މުއާމާލަތެވެ. ކުރީގެ މި ލިމިޓްތައް ކަނޑައެލީ މީގެ ތިން އަހަރު ކުރިން ކުރިމަތިވި ކޮވިޑްގެ ވަބައާ ވިދިގެން ކުރިމަތިވީ އިގުތިސާދީ ދަތިތަކާ ގުޅިގެން ހީނަރުކަމުގެ ސަބަބުން ޑޮލަރު ލިބުން ދަތިވުމުންނެވެ.

ނަމަވެސް ކާޑު ލިމިޓް 1،200 ޑޮލަރަށް ބޮޑުކުރަން ނިންމީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގަ އެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ޑޮލަރު ނެގޭ ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ޑޮލަރު ލިމިޓު އުވައިލުމުގެ ކަންކަން ކުރިއަށް ގެންދަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ މަރުހަލާގައި ލިމިޓު 1،200 ޑޮލަރަށް ބޮޑުކުރީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް އެކަނި ކަމަށް ސަރުކާރުން ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.