ސަރުކާރުގެ އަމާޒަކީ މިއަހަރު 20 ރިސޯޓު ހުޅުވައި 2،857 އެނދު އިތުރު ކުރުން

ސަރުކާރުގެ އަމާޒަކީ މިއަހަރު 20 ރިސޯޓު ހުޅުވައި 2،857 އެނދު އިތުރު ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ޓޫރިޒަމްގެ ހިދުމަތް ފުޅާކޮށް، ލިބޭ އާމްދަނީ އިތުރު ކުރުމަށް މުހިއްމު އިސްކަމެއް ދެއްވާނެ ކަމަށެވެ.

އިޝްތިހާރު full width ad 1200 x 150

މިއަހަރު އާ 20 ރިސޯޓެއް ހުޅުވާނެ ކަމަށް ރައީސް ވިދާޅުވި އިރު މިދިޔަ އަހަރު ހުޅުވާފައިވަނީ އަށް ރިސޯޓެވެ. މިވަގުތު ގާތްގަނޑަކަށް 150 އަކަށް ރިސޯޓުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރައްޖޭގައި މިވަގުތު 175 ރިސޯޓު އަންނަނީ ހިންގަމުންނެވެ. އެއީ 42،000 އެނދެވެ. ރާއްޖައި މިވަގުތު 61،000 އެނދު ބޭނުން ކުރަމުން އަންނަ އިރު އޭގެ 70 ޕަސެންޓަކީ ރިސޯޓުތަކެވެ.

އެމަނިކުފާނު ވިދާޅުވީ ޓޫރިޒަމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިން، އަދި ފަޅުތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްގީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައް ބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

”ޓޫރިޒަމް ތަރައްގީ ކުރަން ދޫކޮށްފައިވާ 63 މަޝްރޫއެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރުދަނީ އެކުލަވާލެވެމުން. އިރާދަކުރެއްވިއްޔާ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި މި މަސައްކަތް ނިމޭނެ،“ އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އަދި މިފަދަ ތަންތަން ތަރައްގީކޮށް ނިންމުމަށްޓަކައި ލީސް އެގްރީމަންޓާއި އިންވެސްމަންޓްތައް ރީ-ސްޓްރަކްޗާކޮށް، އެ ރަށްތަކުގެ މަސައްކަތް ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތެއް އެކުލަވައިލާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތުތައް މުޅި ދުނިޔެއަށް ހުޅުވާލާނެ ކަމަށާއި ޗައިނާ އެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުން އެތައް މަންފާއެއް ދިވެހި ވިޔަފާރިތަކާއި އިގްތިސާދަށް ލިބޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.