ރާއްޖޭގައި އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަށް ބަދަލު ގެނެސްފި

އީދު ނަމާދު ފަށާ ގަޑި ހެނދުނު 7:000 އަށް ބަދަލު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

ރާއްޖޭގައި އީދު ނަމާދު މީގެކުރިން ކުރަމުން އައީ ހެނދުނު 7:30 ގައެވެ. އީދު ނަމާދުގެ ޖަމާއަތް ނިމެނީ ނަމާދަށް ފަހު އިއްވާ އީދު ހުތުބާގެ ފަހުންނެވެ.

އިޝްތިހާރު full width ad 1200 x 150

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އީދު ނަމާދު ފަށާ ގަޑި 7:00 އަށް ބަދަލު ކުރަން ނިންމީ ރާއްޖޭގައި މީގެ ކުރިން އީދު ނަމާދު ކުރަމުންދިޔަ ވަގުތަކީ އިރުއަރައި، އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީ ކަމަށެވެ.

އަދި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާއިރު، ނަމާދަށް ދާ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހޫނުގަދަވުމުގެ ސަބަބުން އުނދަގޫވާ ކަމަށް އިއުލާންގައިވެއެވެ.

ކީރިތި ރަސޫލާ ވެސް އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުހާ ވަގުތުގައި ކަން އިއުލާންގައި ފާހަގަ ކުރިއެވެ.

އެހެންކަމުން ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުންގެ އަމަލުފުޅުގައިވާ ގޮތަށް ތަބައަވުމަކީ މޮޅު އިތުރުގޮތް ކަމަށް ވާތީ އާއި، އާންމު މަސްލަހަތަށް ރިއާޔަތްކުރުމަށް ޝަރުޢއުގައި ކަނޑައަޅުއްވާފައިވާ ގަވާއިދުތަކަށް ރިއާޔަތްކޮށް، މި އަހަރުން ފެށިގެން ރާއްޖޭގައި ފިތުރު ޢީދު ނަމާދާއި އަޟްހާ އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމަށް ކަނޑައަޅާފައިވާ ކަމަށް އިއުލާންގައިވެއެވެ.

”އީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައެވެ،“ އިއުލާންގައިވެއެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.