ކުޑަކުޑަ ދެދަރީންގެ ފުރާނަ ސަލާމަތްކުރުމަށް މި މަންމަ އެދެނީ އާންމުގެ އެހީއަށް

މަރިޔަމް އަވްލީން އަދި މުހައްމަދު އިޝާންގެ ދެކުދީންނަކީވެސް ދާއިމީ ބައްޔަށް ބޭސް ފަރުވާ ކުރަން ޖެހިފައިވާ ދެކުދީންނެވެ.މި ދެމަފިރިންގެ ނުވަ އަހަރުގެ ދޮށީ އަންހެން ދަރިފުޅަކީ އުފެދުމުގައިވެސް ނުކުޅެދުންތެރިކަމެއް ހުންނަ މުޅި ދުވަހު ގޮނޑީގައި އިނދެގެން ވަގުތުތައް ހޭދަކުރަންޖެހިފައިވާ ކުއްޖެކެވެ.

ހަ އަހަރުގެ ހަގު ދަރިފުޅު ޔޫފުސް ލޫކް މުހައްމަދު އިޝާން އަކީ ކަރުގެ އެތެރެ ދުޅަވުމާއިއެކު، ފިޓް ޖެހޭ ކުއްޖެއްކެވެ. ލުހްޔާއަށް އާސަންދާއިގެ ފަރުވާ ދާއިމަށް ލިބެއެވެ. ނަމަވެސް ޔޫސުފަށް އާސަންދަ ލިބޭ ގޮތް އަދި ނުވާކަމަށް މަންމަ އަވްލީން “ވަން” އަށް ބުންޏެވެ.

އިޝްތިހާރު Below Header ad

ޔޫސުފްގެ އިތުރު ކަމެއް ނުވަތަ ބައްޔެއް ހުރި ކަމަށް ނުފެނުނު ނަމަވެސް އެ ދަރިފުޅުގެ ނިދުމާއި ކެއިންބުއިމުގައި ދަތިތަކެއް ހުންނަ ކަމަށް އަވްލީން ބުންޏެވެ. ޔޫސުފަށް އާސަންދަ ނުލިބުމުން ބޭސްފަރުވާގެ ކަންކަން ކުރަންޖެހިފައިވަނީ އަމިއްލަ ހަރަދުގައި ކަމަށްވެސް ބުންޏެވެ.

ލުހްޔާގެ ބަލީގެ އަސްލު ތަފްސީލު ކިޔައިދެމުން އަވްލީން ބުނީ، އުފެދުމުގައި އެއްވެސް ދޮރެއް ނެތުމުގެ ސަބަބުން ފާހާނާ ކުރުމުގައި ދަތިތަކެއް ހުންނަ ކަމަށާއި، ކުޑަކަމުދިއުމަށާއި ބޮޑުކަމުދިއުމަށް ލުހްޔާގެ ބަނޑުންނާއި ގޮހޮރާއި ދިމާލުން ދެ ލޯވަޅެއް ނަޖިސް ބޭރު ކުރަން ތޮރުފާފައި ހުންނަ ކަމަށެވެ. އެ ތަނުން ބޮޑުކަމުދާ ތަކެތި ބޭރު ކުރުމަށް ގޮހޮރާއި ދިމާލުން ތޮރުފާފައި ހުރި ތަން މިހާރު ވަނީ ވަރަށް ބޮޑަށް ފާރުވެފައި ކަމަށެވެ. އެތަންތަނުން ތަކެތި ބޭރު ވަމުންދާތީ ލުހްޔާ އަބަދުވެސް ބާއްވަން ޖެހެނީ ނެޕީ ޖަހާފައި ކަމަށާއި ނެޕީގެ ހަރަދަކީ ވެސް ބޮޑު ހަރަދެއް ކަމަށް މަންމަ އަވްލީން ފާހަގަކުރިއެވެ.

އޭގެ އިތުރުން ލުހްޔާއަށް، އަހަރަކު އެއްފަހަރު ޑީއެމްއޭ ސްކޭނެއް ހަދަން ޖެހޭ ކަމަށް އަވްލީން ބުނެއެވެ. ޑީއެމްއޭ ސްކޭނަކީ ކިޑްނީ މަސައްކަތް ކުރުމަށް ހަދާ ސްކޭނެކެވެ. އަހަރަކު އެއްފަހަރު ހަދަމުން އައި ޑީއެމްއޭ ސްކޭން މިހާރު އަވަސް އަވަހަށް ހަދަން ޖެހިފައިވާ ކަމަށާއި އެއީ ލުހްޔާގެ ވާތު ކިޑްނީ ދުޅަވެފައި ހުރުމުން ކަމަށް އަވްލީން ބުންޏެވެ.

މި ދެކުދީންގެ ބައްޕައަކީ އެއާޕޯޓުގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. ލިބޭ އާމްދަނީން ދިރިއުޅޭ ތަނުގެ ކުލިދެއްކުމަށް ފަހު ޒަރޫރީ ބޭނުންތައް ފުއްދެނީ ކިރިޔާ ކަމަށް ބައްޕަ އިޝާން ބުނެއެވެ. ލުހްޔާގެ ބޭސްފަރުވާގެ ކަންތައް މީގެ ކުރިންވެސް ކުރަމުން އައީ އަދި އިތުރު ބޭސްފަރުވާ ކުރިޔަށްގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައި ވަނީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލުންނެވެ. މިހާރު ލުހްޔާގެ ހާލަކީ އޮޕްރޭޝަންކޮށްފައި ހުރި ތަންތަނުން ލޭއައުމާއި އަދި އެކަންކަމުގައި ދަރިފުޅު ކޮންމެ ދުވަހަކު ތަހައްމަލު ކުރަން ޖެހޭ ވޭނާއި ހިތްދަތިކަމެވެ.

ކާތަކެތި ބޭރުކުރަން ޖެހޭ ނިޒާމު އުފެދުމުގައި ނެތުމުން އެތަކެތި ބޭރުކުރަން ލުހްޔާގެ ބަނޑުން ވަނީ ހޮޅިއެއް ލެއްވޭވަރަށް ތޮރުފާފައެވެ. ކިޑްނީގައި މައްސަލަތައް ހުރުމުން ކިޑްނީވެސް ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ.

“ކާތަކެތި ނުކެވި ވަރަށް ގިނަ ދުވަސްވުމުން ގޮހޮރާއި ދިމާލުންވެސް ލޭއައިސްފަ ހުންނަނީ. ގޮހޮރު ކައިރިންވެސް ތަންތަންކޮޅު ކަނޑައިގެންގޮސްފަ ހުންނަނީ. ފާޑެއްގެ ހުދުކުލައިގެ އެއްޗެހިތަކެއްވެސް ބޭރުވޭ. ބޮކި އަރާހެން ފޮނުއަރައަރާ ހުންނަނީ،” ލުހްޔާގެ މަންނަ އެ ކުއްޖާގެ މިހާރުގެ ހާލަތުގެ ފޮޓޯތައް ހިއްސާކުރަމުން ބުންޏެވެ.

ޔޫސުފްގެ އެކަނި ހަރަދަށްވެސް މަދުވެގެން 3 ހާސް ޑޮލަރު ލިބިގެން މެނުވީ ރާއްޖެއިން ބޭރުގައި ފަރުވާ ފެށޭން ނެތް ކަމަށާއި ބަލީގެ މުއްދަތުގައި ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރުގައި ހޭދަކުރަން ޖެހޭނެ ވަކި މުއްދަތެއް ބުނަން ނޭނގޭ ކަމަށް ވެސް އަވްލީން ބުންޏެވެ.

ފައިސާ ބޭނުންވަނީ ދެކުދީންގެ ބައްޔަށްވެސް ލުޔެއް ލިބޭނެ ފަދަ އިތުރު ފަރުވާއެއް ރާއްޖެއިން ބޭރުން ލިބެން ހުރިތޯ ބަލައި އިތުރަށް ހޯދުމަށެވެ. އެކަމަށް ރާއްޖެއިން ބެލި ޑޮކްޓަރުންގެ ލިޔުންވެސް ވަނީ ލިބިފައެވެ. ލުހްޔާ ބެލި ކޮންމެ ތަނަކުންވެސް އުއްމީދު ކަނޑާލާފައިވާ ކަމަށް އަވްލީން ބުނެއެވެ. އެހެން ނަމަވެސް ދެކުދީންގެ ފުރާނަ ސަލާމަތް ކުރާން ކުރެވެން އޮތް ކޮންމެ ކަމެއް ކުރާން ބޭނުންވާ ކަމަށާއި އެކަމަށް ޓަކައި އާންމުންގެ އެހީތެރިކަމަށް އެދުން ނޫން ގޮތެއް ނެތް ކަމަށް ވެސް އަވްލީން ބުންޏެވެ.

ނޯޓް: މި ރިޕޯޓުގައި ލުހްޔާގެ މިހާރުގެ ހާލަތު ބަޔާންކޮށްދޭ ފޮޓޯތައް ހިއްސާކޮށްފައި ނުވަނީ އެ ކުއްޖާއަކީ ބުރުގާ އަޅާ ކުއްޖަކަށް ވުމުންނެވެ.

  • ބޭންކް އޮފް މޯލްޑިވސް އެކައުންޓް ނަމްބަރު : 7715505470101 ( މަޔިޔަމް އަވްލީން – މަންމަ)
  • ޑޮލަރު އެކައުންޓް ނަމަބަރު :- 7730000030936 ( މުހައްމަދު އިޝާން – ބައްޕަ)
ނޯޓް: މިއީ މިލިޔުން ޙިއްސާކުރުމަށް ޢާއިލާއިން އެދިލައްވާފައިވާތީ ވަންއޮންލައިން.އެމްވީ އިން ނަކަލުކޮށްފައިވާ ލިޔުމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.