ހަނިމާދޫން ފަތުރުވެރިކަމަށް 50 އަހަރަށް 14 ބިން ދޫކުރަން ހުޅުވާލައިފި

ހދ.ހަނިމާދޫން 50 އަހަރަށް 14 ބިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދޫކުރުމަށް ހަނިމާދޫ ކައުންސިލުން ހުޅުވާލައިފިއެވެ.

މި ބިންތައް ދޫކުރަނީ ހަނިމާދޫ ޓޫރިޒަމް ޒޯން ހިންގުމަށް ކަނޑައަޅާފައިވާ ބިމުންނެވެ.

އިޝްތިހާރު full width ad 1200 x 150

ހަނިމާދޫ ކައުންސިލުން ބުނީ މިއީ މުޅިންވެސް 5000 އަކަފޫޓުގެ ބިންތައްކަމަށެވެ. މި ބިންތަކުގެ ތެރެއިން އަށް ބިމެއް ދޫކުރަން ނިންމާފައި ވަނީ ހަނިމާދޫ އުތުރުކޮޅުގައި މިހާރު ހިންގަމުން އަންނަ ސިޓީ ހޮޓަލުގެ އުތުރުން ހުސްކޮށް އޮތް ސަރަހައްދުންނެވެ. އަދި ހަނިމާދޫ ދެކުނު ފަރާތުން ދޫކުރުމަށް ހަމަޖެހިފައިވާ ހަ ބިން ދޫކުރަން ނިންމާފައި ވަނީ ހަނިހޭޅި ބާބެކިއު އޭރިއާގެ އުތުރުން ހުސްކޮށް އޮތް ސަރަހައްދުންނެވެ.

މިމަޝްރޫޢަކީ ރަށަށް އާމްދަނީ އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ އިޤްތިޞާދީ ޕްރޮޖެކްޓްތަކުގައި ހިމަނައިގެން ފަށަން ނިންމާފައިވާ މަސައްކަތެކެވެ. އަދި މިއީ ސަރުކާރު ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، ކައުންސިލަށް އާމްދަނީ އިތުރުކޮށް ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށާއި، ރަށުގައި ވަޒީފާގެ ފުރުޞަތު އިތުރުކޮށް، ފުދުންތެރި މުޖުތަމަޢެއް ބިނާކުރުންކަމަށް ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

މިމަޝްރޫޢުގެ ބީލަން ހުޅުވާލުން އޮންނާނީ މިމަހުގެ 30ވަނަ ދުވަހު، 13:00ގައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް 1000 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.

ހަނިމާދޫ ކައުންސިލުން ވަނީ މިދިޔަ އަހަރުގެ ޖުލައި މަސް ތެރޭ ވެސް އެ ރަށުން ފަތުރުވެރިކަމަށް ބިން ދޫކުރަން އިއުލާން ކޮށްފައެވެ. އެފަހަރު ކައުންސިލުން ހުޅުވާލާފައި ވަނީ 10000 (ދިހަހާސް އަކަފޫޓް) ގެ 4 ބިން 40 އަހަރުގެ މުއްދަތަށް އަދި 5000 (ފަސްހާސް އަކަފޫޓް) ގެ 8 ބިން 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށެވެ. އެ ބިންތަކަށް އާދަޔާހިލާފް ބޮޑު ތަރުހީބެއް ލިބުނު ނަމަވެސް ކައުންސިލުން ވަނީ ފަހުން އެ ބިޑް ކެންސަލް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.