ސަރުކާރު ކެންޑިޑޭޓު ކަމަށް ބުނަމުން އައި އެމްޑީއޭ ޢައްބާސް ވެލިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފި !

ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކުރެއްވީ ނަވީޒް

އިއްޔެ ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ނ.ވެލިދޫ ދާއިރާއަށް އެމްޑީއޭގެ ފަރާތުން ވާދަކުރެއްވި މުޙައްމަދު ޢައްބާސް، އެދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ. އޭނާ ގޮނޑި ކާމިޔާބު ކުރެއްވީ ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރެއްވި މުޙައްމަދު ނަވީޒުއާއި ވާދަ ކުރައްވައިގެންނެވެ.

ވާދަވެރި ކެމްޕެއިނަކަށްފަހު އައްބާސް ގޮނޑި ކާމިޔާބު ކުރެއްވި އިރު އޭނާއާއި އެކު އެދާއިރާއަށް ޖުމްލަ5 ބޭފުޅުން ވާދަކުރެއްވިއެވެ. އެއީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި، މިހާރުގެ މަޖްލިސް މެމެބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤާއި، ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މުޙައްމަދު ނަވީޒު އާއި، ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ޢަބްދުﷲ މުޙައްމަދު އަލިފުޅުއާއި، އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު މުރުޝިދު އާއި އެމްޑީއޭގެ ފަރާތުން މުޙައްމަދު ޢައްބާހެވެ.

އިޝްތިހާރު Below Header ad

ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވައި، މުޙައްމަދު ނަވީޒު ޓިކެޓު ކާމިޔާބު ކުރައްވައި، ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ނަމަވެސް، މުޙައްމަދު ޢައްބާސް ވިދާޅުވަމުން ގެންދެވީ، މުޢިއްޒުގެ ތާޢީދު އޮތް ޙަޤީޤީ ސަރުކާރު ކެންޑިޑޭޓަކީ މުޙައްމަދު ޢައްބާސް ކަމުގައެވެ. މުޙައްމަދު ޢައްބާހަކީ ވެލިދޫ ދާއިރާގެ އެންމެންވެސް ދަންނަ މަޝްހޫރު ވިޔަފާރިވެރިއެއްވެސް މެއެވެ.

މިހާތަނަށް ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން، އައްބާސް ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ ޖުމަލް901 ވޯޓާއި އެކުއެވެ. އަދި އައްބާހާ ވާދަކުރެއްވި މުޙައްމަދު ނަވީޒުއަށް ނާކާމިޔާބު ވެފައިވަނީ، ވަރަށްވެސް ކުޑަ ފަރަޤަކާއި އެކު ޖުމްލަ800 ވޯޓާއި އެކުއެވެ. އެހެންކަމުން މިއީ އެންމެ100 ވޯޓުގެ ފަރަޤެކެވެ. އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ޢަބްދުﷲ ޝަފީޤަށް ލިބިލައްވާފައި ވަނީ ޖުމްލަ584 ވޯޓެވެ. މިއީ އެމްޑީޕީއަށް މިދާއިރާއިން ލިބުނު ބޮޑު ބައްޔެކެވެ. ޑިމޮކްރެޓްސްގެ މެމެބަރު ޢަބްދުﷲ މުޙައްމަދަށް46 ވޯޓު ލިބިލެއްވި އިރު އަމިއްލަ ގޮތުން ވާދަކުރެއްވި އަޙްމަދު މުރުޝިދަށް ލިބިވަޑައިގަތީ15 ވޯޓެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.