މަޖިލިސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި

އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކުރި ދާއިމީ ނަތީޖާ އިން ދައްކާ ގޮތުގައި 20 ވަނަ މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން 66 ގޮނޑި ސަރުކާރު ހިންގާ ޕީއެންސީ އަށް ވަނީ ލިބިފަ އެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.

އިޝްތިހާރު Below Header ad

އިދިކޮޅު އެމްޑީޕީ އަށް ލިބިފައިވަނީ 12 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި 11 ކެންޑިޑޭޓަކު އިންތިހާބު ކާމިޔާބު ކުރިއިރު، އޭގެތެރެއިން ހަތް ބޭފުޅަކު މިހާރު ވަނީ ޕީއެންސީ އަށް ސޮއިކުރައްވާފަ އެވެ. އެއާއެކު މަޖިލީހުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރު ވަނީ 73 އަށް އަރާފަ އެވެ.

މި އިންތިހާބުގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއަށް ދެ ގޮނޑި އަދި އެމްއެންޕީން ގޮނޑިއެއް ކާމިޔާބުކޮށްފައިވެ އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް އެއް ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. އިންތިހާބުގައި ދެން ވާދަކުރި ދަ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އަށް އެންމެ ގޮނޑި އެއް ވެސް ލިބިފައެއް ނުވެ އެވެ.

ވިހި ވަނަ މަޖިލީހަށް އިންތިހާބުވި ބޭފުޅުން ހުވާ ކުރައްވާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.