ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކީ ބާއްވަން ހުށަހަޅަނީ

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީ ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނިމިގެންދިޔަ މަޖިލިސް އިންތިހާބަށް 120 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ހަރަދުވި ކަމަށާއި އަދި ރިޔާސީ އިންތިހާބުގެ ދެ ބުރު ނިމުނުއިރު 180 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށެވެ. މި ދެ އިންތިހާބަކީ ވަރަށް ކައިރި ކައިރީގައި ބާއްވާ ދެ އިންތިހާބު ކަމަށްވާއިރު ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ މި ދެ އިންތިހާބު އެކީ ބޭއްވުން ކަމަށް ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

“އޭރުން އަޅުގަނޑުމެންނަށް ސަލާމަތް އެބަ ކުރެވޭ ރައްޔިތުންގެ ފައިސާ އިން މަދުވެގެން 120 މިލިއަން ރުފިޔާ. އެ 120 މިލިއަން ރުފިޔާ އިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ސަރުކާރަށް ނިންމައި ދެވޭނެ،” ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ދެ އިންތިހާބު އެކީ ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ގެނެވޭނީ މިކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށާއި ރައްޔިތުން މިކަމަށް ތާއީދުކޮށްފިނަމަ 2028 ގައި މި ދެ އިންތިހާބު އެކީ ބޭއްވިގެންދާނެ ކަމަށެވެ. ރައްޔިތުންގެ ތާއީދު މިކަމަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިއަހަރުގެ ތެރޭގައި މަޖިލީހަށް އެކަމާ ގުޅޭ އިސްލާހު ހުށަހަޅުއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.