މަޖިލިސް މެމްބަރުންގެ އަދަދު 77 އަށް މަދުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިހާރު މިދާ ގޮތަށް ދާނަމަ މަޖިލިސް މެމްބަރުންގެ އަދަދު 100 އަށް ވެސް އަރައިގެން ދާނެ ކަމަށާއި މިއީ މާނައެއް ހުރި ކަމެއް ނޫން ކަމަށެވެ. މަޖިލިސް މެމްބަރުންގެ އަދަދު މާ ކުޑަ ކުރުމަކީ ވެސް ރަނގަޅު ކަމަކަށް ނުވާނެ ކަމަށާއި އެންމެ ރަނގަޅު ގޮތަކަށް ވާނީ 17 ވަނަ މަޖިލީހުގައި އޮތް އަދަދު ކަމަށްވާ 77 އަށް މެމްބަރުންގެ އަދަދު ލިމިޓްކޮށް ހަމަޖެއްސުން ކަމަށް ރައީސް ވިދާޅުވި އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ރައީސް ވަނީ މަޖިލިސް މެމްބަރުންގެ އަދަދު 77 ނުވަތަ އެއަށް ވުރެ މަތި ނުވާނެ ގޮތަށް ގާނޫނުތަކަށް އިސްލާހު ގެންނަން ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ކޮންމެ 5،000 މީހުންގެ އާބާދީ އަކީ އިދާރީ ވަކި ދާއިރާ އެވެ. އެއާ އެކު، ކޮންމެ މަޖިލީހުގެ ދައުރަކަށް ފަހު، މެންބަރުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އެގޮތުން މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި 93 މެމްބަރުން އެބަ ތިއްބެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.