ލޭ ހަދިޔާ ކުރުމަށް ހާއްސަ އެޕެއް ލޯންޗުކޮށްފި

ލޭ ހަދިޔާކުރުމާއި، ލެޔާގުޅޭ ޙިދުމަތްތައް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ “ލޭ އެޕް” ލޯންޗުކޮށްފި އެވެ.

އެޗްއާރުޑީއެންސީ އެލްއެލްޕީ ގެ ފަރާތުން ހެލްތު މިނިސްޓްރީއާ ގުޅިގެން ލޭ ހަދިޔާކުރުމާއި ލޭގެ ހިދުމަތްތައް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ތައާރަފްކޮށްދިނީ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ހެލްތު މިނިސްޓްރީން ބުނީ ލޭ އެޕަކީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި ލޭ ހަދިޔާކުރުމާއި، ލެއާއި ގުޅުންހުރި ޚިދުމަތްތައް ހަރުދަނާކޮށް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. މި އެޕްލިކޭޝަންގެ ސަބަބުން، ލޭގެ ސަޕްލައި މެނޭޖްމަންޓް ކުރިއަށް ގެންދާ ގޮތް ބަދަލުކޮށް، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ބޭނުންތަކަށް ލޭގެ ސަޕްލައި އެންމެ އެކަށީގެންވާ ފެންވަރެއްގައި ބެލެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި އެޕްލިކޭޝަނާއެކު ޑޯނަރުން ރަޖިސްޓަރ ކުރުމާއި، އެޕޮއިންޓްމެންޓު ޝެޑިއުލްކޮށް، ލޭ ހަދިޔާކުރުމަށް ރިމައިންޑަރސް ލިބުމުގެ މަރުހަލާ ފަސޭހަވެ، ޑޯނަރުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ލޭގެ ސްޓޮކް މަދުވާ ހާލަތްތަކުގައި ލޭ އެޕުގައި ރަޖިސްޓަރކޮށްފައިވާ ޑޯނަރުންނަށް ވަގުތުން އެލާރޓް ފޮނުވާނެ އެވެ.

ލޭ ބޭނުންވާ އެމަޖެންސީ ހާލަތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކުން ކުރާ ރިކުއެސްޓުތައް، ލޭ ދެވޭނެ ޑޯނަރުންނާއި އަވަހަށް ރައްކާތެރިކަމާއެކު ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ލޭ އެޕު މެދުވެރިކޮށް، ޑޯނަރުންނާއި ލޭ ބޭނުންވާ ފަރާތްތަކުގެ ރެކޯޑުތައް ބަލަހައްޓައި، ޑާޓާތައް ރައްކާތެރިކަމާއެކު މެނޭޖުކުރެވޭނެ ނިޒާމެއް ފޯރުކޮށްދޭނެ އެވެ.

ލޭ އެޕުގައި ޑޯނަރެއްގެ ގޮތުގައި ރަޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ލޭ އެޕުގެ ޙިދުމަތްތައް އަންނަ މަހުގެ އެކެއްގައި ފެށުމާއެކު ގޫގުލް ޕްލޭ ސްޓޯރ އަދި އެޕަލް އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.