އެޗްއެސްބީސީ އަށް އާ ސީއީއޯއެއް

އެޗްއެސްބީސީ ގްރޫޕްގެ ސީއީއޯގެ މަގާމުގައި ކުރިން ހުމްނެވި ނޮއެލް ކްއިން، 62، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ރިޓަޔާކުރައްވަން ނިންމެވުމާ ގުޅިގެން އާ ސީއީއޯއަކަށް އައްޔަންކޮށްފައި ވަނީ ޖޯޖް އެލްހެޑްރީ އެވެ.

އުމުރުން 50 އަހަރުގެ ޖޯޖް މިހާތަނަށް ހުންނެވީ އެޗްއެސްބީސީގެ ޗީފް ފައިނޭންޝަލް އޮފިސާ (ސީއެފްއޯ) ގެ މަގާމުގަ އެވެ. އޭނަ އެޗްއެސްބީސީ ގްރޫޕާ ގުޅިވަޑައިގަތީ 2005 ގަ އެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ޖޯޖް އާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވާނީ ސެޕްޓެމްބަރު 2 އިން ފެށިގެންނެވެ.

މިިކަމާ ގުޅިގެން އެޗްއެސްބީސީގެ ޗެއާމަން ސާ މާކް ޓަކާ ވިދާޅުވީ ޖޯޖް އަކީ ބޭންކިން ދާއިރާގެ ވަރަށް ތަޖުރިބާކާރު، ގާބިލު ބޭފުޅެއް ކަމަށާއި އޭނަގެ ސީއީއޯކަމުގެ ދަށުން ބޮޑެތޮ ކުރިއެރުންތަކެއް އަންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ޖޯޖް ވިދާޅުވީ އެޗްއެސްބީގެ ބޯޑުން އޭނަ އަށް އިތުބާރުކޮށް، ސީއީއޯގެ މަގާމަށް ހަމަޖެއްސުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ހެޑްކުއާޓަރު އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ އެޗްއެސްބީސީގެ ބްރާންޗްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގަ އެވެ. ބްރާންޗްތަކުގެ އަދަދު 2،580 އަށް އަރާ އިރު، ކުންފުނީގެ މުވައްޒަފުންގެ އަދަދު 221،000 އަށް ވުރެ ގިނަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.