އެމްއެމްސީ އަށް 2 މެންބަރަކު އިންތިހާބުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ދެ މެމްބަރަކު މިއަދު އިންތިހާބުކޮށްފި އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ އާންމު ދެ މެންބަރެއްގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް މެންބަރުން އިންތިހާބުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ކުރިއަށް ގެންދިޔަ ވޯޓުގައި އިންތިހާބު ކާމިޔާބު ކުރީ އާމިނަތު ޒިހާނާ އާއި އައިޝަތު ހަސަނެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

އެ ދެ މީހުންނަށް ވެސް ލިބުނީ 32 ވޯޓެވެ. އިންތިހާބުގައި ޖުމްލަ ހަ ކެނޑިޑޭޓަކު ވާދަކުރި އިރު ޒިހާނާ އާއި އައިޝަތު ފިޔަވައި އެެހެން ކެންޑިޑޭޓަކަށް ވޯޓެއް ނުލިބެ އެވެ.

މި އިންތިހާބުގައި ވޯޓްލާން 50 މީޑިއާއަކުން ރަޖިސްޓްރީ ކުރި އެވެ.

އެމްއެމްސީގެ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.