“އެލެގްރާ” ވިއްކުން މަނާކޮށްފި

ރާއްޖެ އެތެރެކޮށް ވިއްކައި ބޭނުން ކުރަމުން އަންނަ “އެލެގްރާ” ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާތީ އެ ބޭސް އެތެރެކޮށް، ވިއްކާ އަދި ބޭނުންކުރުން މަނާކޮށްފި އެވެ.

އެލެގްރާ ސަސްޕެންޝަނަކީ އެލާޖިކަށް ހާއްސަ ބޭހެކެވެ. މި ބޭސް އާއްމު ގޮތެއްގައި ދެނީ ކުޑަކުދިންނަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނީ އެލެގްރާގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް އެ ބޭސް އުފައްދާފައިވާ ކުންފުނިން އެލާޓް ކޮށްފައިވާ ކަމަށެވެ. އެއީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އުފައްދާފައިވާ އެލެގްރާގެ ބެޗުތަކެކެވެ. އެ ބެޗުތަކަކީ، AL1223019, AL1223029 އަދި AL1223060 އެވެ.

އެ ބެޗުތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ޚިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެމްއެފްޑީއޭގެ އީމެއިލް މެދުވެރިކޮށް އެންގުމަށް ވެސް އެދިފައިވެ އެވެ.

އެހެންކަމުން އެ ތިން ބެޗު ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުން ނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު، 7200321 އިން ހޯދޭނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.