ޔޫއެންއޯޑީސީން ސިފައިންނަށް ސެކިއުރިޓީ ސާމާނު ހަދިޔާކޮށްފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން ދިވެހި ސިފައިންގެ ކޯސްޓްގާޑަށް ކަނޑުމަތީގެ ރައްކާތެރިކަމާ ގުޅޭ ސާމާނު ހަދިޔާކޮށްފި އެވެ.

މިއީ ޔޫރަޕިއަން ޔޫނިއަން ސަރވިސް ފޮރ ފޮރިން ޕޮލިސީ އިންސްޓްރޫމަންޓްސް އިން ފަންޑުކޮށްދީފައިވާ ސާމާނުތަކެކެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ވިލިމާލޭގައި ހުންނަ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގައި ބޭއްވި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީގެ ފަރާތުން އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ ޔޫއެންއޯޑީސީގެ ހެޑް އޮފް އޮފީސް އޮފް މޯލްޑިވްސް، އެންރީކޯ ބޮނަސެންޏާ އެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން އިކުއިޕްމަންޓާ ހަވާލުވެލެއްވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު ސަލީމެވެ.

އެމްއެންޑީއެފުން މި ސާމާނުތަކާއެކު ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި ހިނގާ މެރިޓައިމް ޓެރަރިޒަމްއާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް މުހައްމަދު ސަލީމް ވިދާޅުވީ، މި އިކުއިޕްމަންޓުގެ ސަބަބުން ހާއްސަކޮށް މަސްތުވާތަކެތީގެ ވިޔަފާރިއާއި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް އެޅޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

ޔޫއެންއޯޑީސީގެ އެންރީކޯ ބޮނަސެންޏާ ފާހަގަކުރެއްވި ގޮތުގައި، މި އެހީތެރިކަމަކީ ދިވެހިރާއްޖެއާއި ޔޫއެންއޯޑީސީއާ ދެމެދު އޮތް ދެމެހެއްޓެނިވި ގުޅުމުގެ ނަތީޖާއެކެވެ. މީގެ ކުރިންވެސް ޔޫއެންއޯޑީސީން ވަނީ ކޯސްޓްގާޑުގެ އޮފިސަރުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގައިދީފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.