އެޗްޑީސީގެ ދަށަށް ފަހި ދިރިއުޅުން ގެނެސް، އެޗްޑީސީން އާންމުންނަށް ހިއްސާ ވިއްކަނީ

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ހައިދަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެޗްޑީސީ ވެގެންދާނީ ސަރުކާރުން ކުރިއަށްގެންދާ އާބަން ސެންޓަރުތަކުގެވެސް މާސްޓާ ޑިވަޕޮލާއަށް ކަމަށެވެ. އަދި އެކުންފުނީގެ ދަށަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެންނަން ނިންމާފައިވާ ކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ހަމައެއާއެކު ރައީސްގެ ވިސްނުންފުޅަކީ ކުރިއަށް އޮތްތަނުގައި އެޗްޑީސީގެ ހިއްސާ އާންމުންނަށް ވިއްކުން ކަމަށް ހައިދަރު ވިދާޅުވިއެވެ.

“މިއަދު ކެބިނެޓުގައި ނުނިންމެވި ނަަމަވެސް ރައީސް ވިސްނަވައިފައި އޮތީ އެޗްޑީސީއަކީ އާންމުންގެ ހިއްސާ އޮންނަ ޕަބްލިކް ލިމިޓެޑް ކޮމްޕެނީއަކަށް ހެދުމަށް.” ހައިދަރު ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.