އެމްއޭސީއެލާއި އާރްއޭސީއޭއެލް އެއްކޮށްލަން ނިންމައިިފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްސީއެލް) އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، އެއާޕޯޓްތައް ހިންގުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

އެ ދެ ކުންފުނިން އެއްކޮށްލަން މިއަދު ކެބިނެޓްގައި މަޝްވަރާތަކެއް ކުރުމަށް ފަހު، އެކަން އެގޮތަށް ރައީސް ނިންމަވާފައިވާ ކަމަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ ރައީސްގެ މި ނިންމެވުމަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރީ-ފޯމްކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށެވެ.

އިޝްތިހާރު Heyobas Ruqya Course Ad square

ދެ ކުންފުނި އެއްކޮށްލުމުގެ ހުރިހާ މަރުހަލާތަކެއް ނިމޭނެ ކަމަށް ބެލެވެނީ ޖެނުއަރީ 31، 2025 ގަ އެވެ.

ސަޢީދު ވިދާޅުވީ އާރްސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުން ކުރިއަށް ދާނީ ކޯރޕަރޭޓް ގަވަނަންސް އުޞޫލުގެ ތެރެއިން ކަމަށެވެ. އަދި ސަރުކާރުގެ މި ނިންމުމާ އެކީ އެތައް ގުނައަކުން ޚަރަދުތައް ކުޑަކުރެވި، ދެ ކުންފުންޏަށް ވެސް އޭގެ ހެޔޮ ވަޒީރު ވިދާޅުވިއެ ވެ.

“ހަމައެކަނި ރެންޓަށް ވިސްނާލިޔަސްވެސް ހިންގުމުގެ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެން ދިޔައީ. އެމްއޭސީއެލް އަކީ ވަރަށް ބޮޑަށް ފައިދާ ވެސްވާ ކުންފުންޏެއް. ހަމައެއާއެކު ވަރަށް ބޮޑު ޒިންމާއެއް ވެސް ނަގާ ކުންފުންޏެއް. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މައި ދޮރާށި،” މިނިސްޓަރު ވިދާޅުވި އެވެ. “އެހެންވީމަ އެ ކުންފުނީގައި އެބަހުރި ވަރަށް ގިނަ އެހެން ޓެލެންޓްތައް އަޅުގަނޑުމެންނަށް ރީޖަނަލް އެއާޕޯޓްސްތަކަށް އިތުރު ރެކްރޫޓްސް ނުހަދާ ބޭނުންކުރެވޭނެ ޓެކްނިކަލް ލެވެލްއެއްގައި.”

ސައީދު ވިދާޅުވި ގޮތުގައި މި ނިންމުމުގެ ސަބަބުން ދެ ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްކަށްވެސް އެއްވެސް ބުރުލެއް ނާންނާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.